އިނާމު ތަކަކާއެކު މީރާގެ ”މިއޮތީ ރަސީދު“ ކެމްޕޭން ފަށައިފި

ބައިލައްކަ ރުފިޔާގެ ފައިސާގެ އިނާމާއެކު މީރާގެ ”މިއޮތީ ރަސީދު“ ކެމްޕޭން ފަށައިފިއެވެ.

މިއީ ވިޔަފާރިތަކުން ޚިދުމަތް ހޯދާ ފަރާތްތަކަށް ރަސީދު ދޫކުރުމަށް ބާރު އެޅުމުގެ ގޮތުން އަންނަ އަހަރުގެ ފެބުރުވަރީ މަހުގެ ނިޔަލަށް ކުރިއަށް ގެންދާ ހަރަކާތެކެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ކެމްޕޭންގައި ކޮންމެ މަހަކު ވެސް އެންމެ ގިނަ ތަންތަނުން ރަސީދު ހޯދާ ފަރާތަކަށާއި އެންމެ ގިނައިން ”ޞައްޙަ ނޫން“ ރަސީދު ހޯދާ ފަރާތެއްގެ އިތުރުން މުޅި ކެމްޕޭންގެ 6 މަސް ދުވަހުގެ ތެރޭގައި އެންމެ ގިނަ ތަންތަނުން ރަސީދު ހޯދާ ފަރާތަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ހަމަޖައްސާފައެވެ.

މި ކެމްޕޭންގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ހޯދާ ރަސީދު ގައި އެ ފަރާތެއްގެ ފޯނު ނަންބަރު ލިޔުމަށްފަހު އެ ރަސީދުގެ ފޮޓޯއެއް 9551415 އަށް ވައިބަރ ކުރުމަށާއި ވީހާވެސް ގިނަ ތަންތަނުން، ވީހާވެސް ގިނަ ބަޔަކު ރަސީދު ހޯދުމަށްފަހު މީރާއަށް ފޮނުވަމުން ގެންދިއުމަށް އެ އޮތޯރިޓީން އެދިލައްވައެވެ. އަދި ކަމާ ގުޅޭ މައުލޫމާތު ރަސްމީ ގަޑީގައި 1415 އަށް ގުޅުމުން ލިބޭނެ ކަމަށް ވެސް އެ އިދާރާއިން މައުލޫމާތު ދެއެވެ.

މީރާއިން ވަނީ 2015 ވަނަ އަހަރު ވެސް ”ކޮބާ ރަސީދު“ ގެ ނަމުގައި މި ފަދަ ކެމްޕޭނެއް ކާމިޔާބު ކަމާއެކު ހިންގާފައެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.