އިންވެސްޓްމަންޓް ޕްރޮގްރާމް ވަރަށް ކާމިޔާބުކަމާއެކު ކުރިއަށް – ބީއެމްއެލް ސީއީއޯ

ބޭންކް އޮފް މޯލްޑިވްސްގެ ތާރީޚުގައި މާލީ ގޮތުން އެންމެ ކާމިޔާބު އަހަރަށްފަހު، ބޭންކަށް ލިބޭ އާމްދަނީ އަނބުރާ މުޖުތަމަޢުތަކަށް އިންވެސްޓްކޮށް މުޅި ރާއްޖެ ޝާމިލްވާ ގޮތަށް ވަކިވަކި ފަރުދުންނާއި އާއިލާތަކަށާއި ވިޔަފާރިތަކަށް އެހީތެރިވުމަށް ބޭންކުން ވެފައިވާ ވަޢުދު ފުއްދަމުންދާކަމުގައި ސީއީއޯ އެންްޑްރޫ ހީލީ ވިދާޅުވެއްޖެއެވެ.

ބޭންކުގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުންނާ މުޚާތަބުކުރައްވަމުން އެންޑްރޫ ވިދާޅުވި ގޮތުގައި، ފާއިތުވި ދެ އަހަރުގެ ތެރެއިން ކޮންމެ އަހަރަކު 150 މިލިއަން ރުފިޔާ ބޭންކުން އިންވެސްޓްކޮށްފައިވެއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ބޭންކުގެ އާ ބްރާންޗްތަކާއި އޭޓީއެމްތައް، އަލަށް ތަޢާރަފްކުރި މޮބައިލް އެޕްލިކޭޝަން، އެންމެ ޒަމާނީ އިންޓަރނެޓް ބޭންކިންގެ އިތުރުން މުޖުތަމައުގެ މުހިންމު ކަންތައްތަކަށް ވެވުނު ފައިސާގެ އެހީތެރިކަމާއި އެކި ފަރާތްތަކާ ގުޅިގެން ހިންގުނު ޕްރޮޖެކްޓްތަކުގެ ފައިދާ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިބި ދިވެހިންނަށް މިހާރު ލިބެމުންދާކަމުގައި އެންޑްރޫ ވިދާޅުވިއެވެ.

އިންވެސްޓްމަންޓް ޕްރޮގްރާމް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސް 22 ރަށެއްގައި މި އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓްކޮށް، މި އިންވެސްޓްމަންޓްގެ ތެރެއިން 150 ވަޒީފާ އަލަށް އުފެދިގެންދާނެކަންވެސް ހާމަކުރެއްވިއެވެ.

2016 ވަނަ އަހަރަކީ “ ބޭންކަށް ފަޚުރުވެރި އަހަރެއް“ ގެ ގޮތުގައި ސިފަކުރައްވަމުން އެންޑްރޫ ވިދާޅުވީ މާލީ ގޮތުން ނީ ވަރަށް ބޮޑަށް ހަރުދަނާވެފައި ކަމަށެެވެ. އަދި ބޭންކަށް ލިބޭ އާމްދަނީ ބޭންކުން ޚިދުމަތް ފޯރުކޮށްދޭ މުޖުތަމަޢުތަކަށް މިދަނީ އަނބުރާދެވެމުން ކަމަށެވެ.

މީގެ އިތުރުން ކުރިއަށްވުރެ ގިނަ ބަޔަކަށް މިވަނީ އެންމެ ފެންވަރު ރަނގަޅު ބޭންކިންގ ޚިދުމަތްތައް ބޭންކުގެ ބްރާންޗްތަކުންނާއި އޭޓީއެމްތަކާއި އެޖެންޓުން ނުވަތަ އެންމެ ފަހުގެ ޑިޖިޓަލް ޓެކްނޮލޮޖީ މެދުވެރިކޮށް ހޯދުމުގެ ފުރުސަތު ހުޅުވާލެވިފައި ކަމަށާއި މި އަހަރު މިހާތަނަށް 3 ބްރާންޗް އަދި 12 ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ ހުޅުވާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

”ކޮންމެ ތަނެއްގައި ހުރެގެން ނަމަވެސް ބޭންކުގެ ޚިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ ފުރުސަތު ފަހިކުރުމަށް އިންޓަރނެޓް އަދި މޮބައިލްގެ ޚިދުމަތްތައް ވެސް ވަނީ ތަރައްޤީކޮށްފައި. ’އަހަރެންގެ ބޭންކް‘ ގެ ހަރަކާތްތަކުގެ ތެރެއިން މުޖުތަމަޢަށް ފައިދާ ހުރި ޕްރޮގްރާމްތައް ހިންގުމަށްޓަކައި 30 ޖަމާޢަތަކާއެކު މަޝްރޫއުތައް ހިންގައި އަދި ފައިސާގެ އެހީ ފޯރުކޮށްދެވުނު. ގެދޮރު އެޅުމަށާއި ވިޔަފާރިތައް ތަރައްޤީކުރުމަށް މިހާތަނަށް ލޯނު ދޫނުކުރާ މިންވަރަކަށް މިދަނީ ލޯނުދޫކުރަމުން. މި އަހަރު މިހާތަނަށް އަޅުގަނޑުމެންވާނީ ބޭންކުގައި އަލަށް 100 ވަޒީފާ އުފައްދާފައި އަދި އަޅުގަނޑު އުއްމީދުކުރަނީ އަހަރު ނިމޭއިރު މިއަދަދު 150 އަށް އަރާނެކަމަށް. އަޅުގަނޑުމެންގެ ޚިދުމަތްތައް ރާއްޖޭގެ ކޮންމެ އަތޮޅެއްގެ ކޮންމެ ރަށަކަށް އަދި ގާތްގަނޑަކަށް ކޮންމެ ގޭބީސީ އަކަށް މިހާރު ލިބެމުންދޭ. އަޅުގަނޑުމެންގެ ބްރޭންޑާއެކު ކުޅެމުންދާ ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމު ފަދައިން ބޭންކުންވެސް ގަދައަޅާ މަސައްކަތްކުރަމުންދާނީ ތިޔަ ބޭފުޅުން ފަޚުރުވެރިވާފަދަ ބަދަލުތަކެއް ދިވެހި ރައްޔިތުންގެ ދިރިއުޅުމަށް ގެނެސްދިނުމަށް.“ އެންޑްރޫ ވިދާޅުވިއެވެ.

އެންޑްރޫގެ ވާހަކަފުޅުގައި އޭނާ ވަނީ ބޭންކާ ވަކިވެގެންދާ ޗެއަރޕަރސަން ފަރީހާ ޝަރީފާއި ބޯޑު މެމްބަރުންކަމުގައިވާ މުރުތަޟާ މުޙައްމަދުދީދީ އަދި މުޙައްމަދު ޢުމަރަށް ޝުކުރު އަދާކުރައްވާފައެވެ. މީގެ އިތުރުން ބޭންކުގެ މުވައްޒަފުންގެ ހީވާގި މަސައްކަތްތައް ފާހަގަކޮށް އެންޑްރޫ ޝުކުރު އަދާކުރެއްވިއެވެ. “ އަޅުގަނޑުމެންގެ މުވައްޒަފުންނަށް ދަންނަވާލަން އޮތީ، ބޭންކުގެ ކާމިޔާބީގެ ޝުކުރު ހައްޤުވަނީ ތިޔަ މުވައްޒަފުންނަށް. ވަރަށް ބުރަ އަހަރެއް ނަމަވެސް ބޭންކުގެ މުވައްޒަފުން ހީވާގި މަސައްކަތާއި އެ މަސައްކަތަށް ދިން އަހައްމިއްޔަތުކަމާމެދު އަޅުގަނޑު ވަރަށް ހިތްހަމަޖެހޭ. އާންމުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދިނުމަށް އަދާކުރަމުންދާ ދައުރާމެދު މުވައްޒަފުން ފަޚުރުވެރިވުން ހައްޤު.“

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 34 ބްރާންޗް، 29 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 88 އޭޓީއެމް، 4000 ޕީއޯއެސް މަރޗަންޓުން، 205 ކޭޝް އޭޖެންޓުން އަދި ޒަމާނީ ޑިޖިޓަލް ބޭންކިންގ ސުއިޓްއަކާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.