
އެސްޓީއޯ ސުޕަމާޓުުގައި ދިވެހި އުފެއްދުންތަކަށް ހާއްސަ ކޯނަރއެއް ހުޅުވައިފި
ދިވެހި އުފެއްދުންތަކަށް ހާއްސަކޮށް އެސްޓީއޯ ސުޕަމާޓުގައި ކޯނާރ އެއްް ހުޅުވައިފިއެވެ.
މިިކަމަށް ހާއްސަކޮށް އެސްޓީއޯ ސުޕަމާޓުގައި ކުރިއަށްގެންދިޔަ ކުޑަ ހަފްލާގައި މިކޯނަރ ހުޅުވައިދެއްވީ އެސްޓީއޯ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަހީރުއެވެ.
އެސްޓީއޯ ސުޕަރމާޓްއިން މިފަދަ ކޯނަރއެއް ހުޅުވުމުގެ މަޤުޞަދަކީ ދިވެހި އުފެއްދުންތަކަށް ފުރުޞަތުދީ ޢާންމުނަށް އެއްތަނަކުން ފަސޭހައިން ދިވެހި އުފެއްދުންތަށް ލިބޭނެ ގޮތް ހައްދަވައިދެއްވުމެވެ.
މިގޮތުން މިއަދު މި ހުޅުވުނު ކޯނަރގެ ސަބަބުން ދިވެހި އުފެއްދުންތަކަށް ގިނަ ފުރުޞަތުތަކެއް ލިބިގެންދާނެ ސަބަބަކީ އެސްޓީއޯ ސުޕަރމާޓްއަކީ ގިނަ ޢަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށް، ވިޔަފާރީ ކުރާ ތަނަކަށްވެފައި މިކަމުގެ ސަބަބުން ރާއްޖެއިން ބޭރުގައި ދިވެހިންގެ އުފެއްދުންތަށް އިޝްތިހާރު ވުމުގެ ފުރުޞަތުވެސް ލިބިގެންދާނެއެވެ.



