އަނިޔާއިން ކުޑަކުދިން ރައްކާތެރިކުރުމަށް އެކުލަވާލި ޤައުމީ އެކްޝަން ޕްލޭން މަހާރެހެންދި އިފްތިތާޙްކޮށްދެއްވައިފި

އަނިޔާއިން ކުޑަކުދިން ރައްކާތެރިކުރުމަށް އެކުލަވާލި ޤައުމީ އެކްޝަން ޕްލޭން މަހާރެހެންދި ފާޠިމަތު އިބްރާހިމް އިފްތިތާޙްކޮށްދެއްވައިފިއެވެ.

ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކާއި ދައުލަތުގެ މުއައްސަސާތަކާއި މަދަނީ ޖަމްޢިއްޔާތަކާއި ރާއްޖޭން ބޭރުގެ ފަރާތްތައް ހިމެނޭގޮތަށް 59 ބައިވެރިންނާއެކު، މިމަހު 15 އިން 17 އަށް ބޭއްވި ޤައުމީ މަހާސިންތާގައި މަޝްވަރާކުރުމަށްފަހު ކުރިއަށް އޮތް 2 އަހަރު ދުވަހަށް އެކުލަވާލި މި އެކްޝަން ޕްލޭން އިފްތިތާޙުކޮށްދެއްވީ ކުރުނބާ މޯލްޑިވްސްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ރަސްމިއްޔާތުގައި ޖެންޑަރ މިނިސްޓަރ ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވީ އަނިޔާއިން ކުޑަކުދިން ރައްކާތެރިކުރުމަށް ފުރަތަމަ ފަހަރަށް ދިވެހިރާއްޖޭގައި މިފަދަ ޕްލޭނެއް އެކުލަވާލުމަކީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މި ޕްލޭންގެ އެންމެ ބޮޑު ކާމިޔާބީއަކަށްވާނީ ތަންފީޛީ އިދާރާތަކުގެ މެދުގައި އޮންނަންޖެހޭ ކޯޑިނޭޝަން ވަރުގަދަވުން ކަމަށެވެ.

ޚާއްޞަ ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ ކުދިންނަށް ބޭނުންވާ ޚިދުމަތްތައް ލަސްނުވެ ލިބިގެންދާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ ޒެނީޝާ ވަނީ އަނިޔާގެ ސަބަބުން ކުދިންނަށް އަންނަ ބަދަލުތައް ނުވަތަ ކުޑަކުއްޖަކަށް އަނިޔާއެއް ލިބޭކަމުގެ ނިޝާންތައް ދެނެގަނެ އެފަދަ މައްސަލަތައް ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ލަސްނުކޮށް ގެނެސްދެއްވުމަށް އިލްތިމާސްކުރެއްވާފައެވެ.

މި ރަސްމިއްޔާތުގައި ޔުނިސެފް އިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ރެޕްރެޒެންޓެޓިވް ޑރ. އެލިސް އަކުންގާ ވަނީ އ.ދ.ގެ ސާސްކަފުގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި ދިވެހިރާއްޖެއިން ހޯދާފައިވާ ކުރިއެރުންތަކާއި އެބޭފުޅާގެ 3 އަހަރު ދުވަހުގެ ޓެނުއަރގައި މިދާއިރާއިން ހޯދަމުންދާ ކާމިޔާބުތައް ފާހަގަކުރައްވައި، މިފަދަ މަސައްކަތްތައް ކުރިއަށް އޮތްތަނުގައިވެސް ހަލުވި ދުވެއްޔެއްގައި ކުރިޔަށްގެންދެވުމަށް ހިތްވަރުދެއްވާފައެވެ.

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ރާއްޖޭގެ ކަމާބެހޭ ދާއިރާތަކާއެކު ޔުނިސެފުން އަބަދުވެސް މަސައްކަތްކުރަމުން ގެންދާނެކަމުގައިވެސް ވިދާޅުވިއެވެ.

ޤައުމީ މަހާސިންތާގެ ބައިވެރިންގެ ފަރާތުން ޝުކުރުދެންނެވުމުގެ ގޮތުން ވާހަކަ ދައްކަވަމުން އިސްލާމިކް އެފެއަރޒުގެ މުޝްރިފް ވާއިޟް އައްޝައިޚް ޢިއްޒުއްދީން އަދުނާން ވިދާޅުވީ ކުޑަކުދިން އިސްލާޙުކުރުމުގެ ގޮތުން އެކުދިންނަށް އަދަބު ދިނުމުގައި ނުވަތަ އެނޫންވެސް ގޮތެއްގައި ކުޑަކުދިންނަށް އަނިޔާކުރުމަކީ އެއްވެސް ހާލަތެއްގައި އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫން ކަމަށެވެ. އަދި މިކަމާގުޅޭގޮތުން މުޖުތަމަޢުގައި އުފެދިފައިވާ ކުށްހީތައް ނައްތާލަންޖެހޭކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.