އުރީދޫގެ ހިތްގައިމު އެނިވާސަރީ އޮފާ: އުރީދޫގެ ޚިދުމަތް ޚިޔާރުކުރެއްވުމާއި އެކު މުޅި އަހަރު ހިލޭ ޑޭޓާ ލިބުމުގެ ފުރުސަތު!

އުރީދޫގެ 12 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ކަސްޓަމަރުންނަށް ފޯރުކޮށްދެވޭ ޚާއްޞަ އިނާޔަތްތަކުގެ ތެރެއިން، އުރީދޫ އާއި އަލަށް ގުޅިވަޑައިގަންނަވާ ކަސްޓަމަރުންނަށް މަރުޙަބާ ކިއުމުގެ ގޮތުން، ރާއްޖޭގެ އެންމެ ހަލުވި ޑޭޓާ ސްޕީޑުތައް އެއް އަހަރު ދުވަހުގެ މުއްދަތަށް މުޅިން ހިލޭ ތަޖުރިބާ ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިފެށުނު ލިމިޓެޑް އޮފަރ، އުރީދޫ އާއި ގުޅިވަޑައިގަންނަވާ ހުރިހާ ކަސްޓަމަރުންނަށްވެސް ލިބިގެންދާނެއެވެ. މި އޮފަރ ގެ ދަށުން:

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ
  • އަލަށް ގުޅިވަޑައިގަންނަވާ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް، އެއް އަހަރު ދުވަހާއި ހަމައަށް މަހަކު ހިލޭ 1.2 ޖީބީ ލިބިގެންދާނެ.
  • އަލަށް ގުޅިވަޑައިގަންނަވާ ޕްރީޕެއިޑް ކަސްޓަމަރުންނަށް، މަހަކު 50ރ. ޚިދުމަތް ބޭނުންކުރެއްވުމުން، ހަ މަސް ދުވަހާއި ހަމައަށް މަހަކު ހިލޭ 1.2 ޖީބީ ލިބިގެންދާނެ.
  • އަދި އުރީދޫގެ ޚިދުމަތް މިހާރުވެސް ހޯދަމުންދާ ކަސްޓަމަރުން، ޕެކޭޖް އަޕްގްރޭޑް ކުރެއްވުމާއި އެކު، އެއް އަހަރު ދުވަހާއި ހަމައަށް މަހަކު ހިލޭ 1.2 ޖީބީ ލިބިގެންދާނެ.

”އުރީދޫގެ 12ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، އުރީދޫގެ އާ ކަސްޓަމަރުންނަށް މި އަގުހުރި ފުރުސަތާއި އެކު މަރުޙަބާ ކިޔުމަކީ

އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަދި އަޅުގަނޑުމެންނާއި އެކު ކުރައްވާ ދަތުރަކީ ތަފާތު ތަޖުރިބާތަކެއް ކުރެވިގެންދާނެ، އުފާވެރި ދަތުރަކަށް ވެގެންދާނެކަމުގެ ޔަގީންކަން އަރުވަން. އަޅުގަނޑުމެންގެ ކަސްޓަމަރުންނަށާއި ދިވެހި މުޖްތަމައުއަށް އުފާވެރިކަން ގެނެސްދޭނެ ފަދަ ޙަރަކާތްތަކާއި އެކު އުރީދޫގެ އަހަރީ ދުވަސް ފާހަގަކުރުން މި އޮގަސްޓް މަހުގެ ތެރޭގައި އަދިވެސް ކުރިޔަށްދާނެ.“ އުރީދޫގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.