ޖެންޑަރ އެންޑް ފެމިލީން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހަރަކާތްތެރިވާ 219 ފުލުހަކަށް ޖެންޑަރ ސެންސިޓައިޒޭޝަން ޕްރޮގްރާމެއް ހިންގައިފި

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އާއި މޯލްޑިވްސް ޕްލިސް ސަރވިސަސް ގުޅިގެން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހަރަކާތްތެރިވާ އިންވެސްޓިގޭޝަން އޮފިސަރުންނަށާއި ފްރަންޓްލައިން އޮފިސަރުންނަށް އަމާޒުކޮށްގެން ބޭއްވި ޖެންޑަރ ސެންސިޓައިޒޭޝަން ޕްރޮގްރާމްގެ ނިންމުން މިއަދު ފާހަގަކޮށްފިއެވެ.

މިޕްރޮގްރާމްގެ މަޤްޞަދަކީ އަންހެނުންގެ ޙައްޤުތަކާއި މިންތީގެ ތަފާތުކުރުމާ ގުޅޭގޮތުން ހޭލުންތެރިކަން އުފައްދައި، ޖެންޑަރ އީކުއާލިޓީ ޤާނޫނަށް ފުލުހުން އަހުލުވެރިކުރުވައި، އަދި ފުލުހުންގެ މެދުގައި މިބާވަތުގެ މައްސަލަތަކާމެދު ހޭލުންތެރިކަން އިތުރުކުރުމެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، މި އަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި އެކަނިވެސް ގެވެށި އަނިޔާ އާއި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާގެ 200 އަށް ވުރެ ގިނަ މައްސަލަ ހުށަހަޅާފައިވާ ކަމަށް މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އަލްފާޟިލާ ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވިއެވެ. އަދި މިފަދަ މައްސަލަތަކުގައި މިނިސްޓްރީއާ އެންމެ ގާތުން މަސައްކަތްކުރާ އެއް މުއައްސަސާއަކީ މޯލްޑިވްސް ޕޮލިސް ސަރވިސަސް ކަމުގައިވާތީ، ދެ ޖިންސުގެ ހަމަހަމަކަމަށް ޤައުމީ ފެންވަރުގައި ކުރާ މަސައްކަތްތަކާއިބެހޭ މަޢުލޫމާތާއި ކަމުގެ ހުނަރު ފުލުހުންނަށް ފޯރުކޮށްދިނުމަކީ ކޮންމެހެންވެސް ކުރަންޖެހޭކަމެއް ކަމުގައި މިނިސްޓަރ ޒެނީޝާ ވިދާޅުވިއެވެ.

މިއަހަރުގެ މެއި މަހުގެ 21 އިން އޮގަސްޓް މަހުގެ 7 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް ނިންމުމުގެ ގޮތުން އިސްކަންދަރު ކޮށީގައި ރޭ ބޭއްވި ރަސްމިއްޔާތުގައި މިޕްރޮގްރާމް ފުރިހަމަކުރި ފަރާތްތަކަށް ހަނދާނީ ލިޔުން ދެއްވީ ޑެޕިޔުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަލްފާޟިލް އަޙްމަދު ސަޢުދީ އެވެ.

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ އެހީގައި ރާއްޖޭގެ 7 ސަރަޙައްދެއްގައި ހިންގުނު މިޕްރޮގްރާމްގައި ޖުމްލަ 219 ފުލުހަކުވަނީ ތަމްރީނު ހޯދާފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.