
އައިޖީއެމްއެޗުގައި ސައިން ލޭންގުއޭޖު ޕްރޮގްރާމެއް ފަށައިފި
އައިޖީއެމްއެޗުގައި ސައިން ލޭންގުއޭޖު ޕްރޮގްރާމެއް ފަށައިފިއެވެ.
މި ޕްރޮގްރާމުގައި އެ ހޮސްޕިޓަލުގެ 20 މުއައްޒަފަކު ވަނީ ބައިވެރިވެފައެވެ. އަދި މި ޕްރޮގްރާމް ކުރިއަށްދާނީ މިމަހުގެ 8 ވަނަ ދުވަހުން ފެށިގެން 23 ވަނަ ދުވަހުގެ ނިޔަލަށެވެ.
މިއީ އެ ހޮސްޕިޓަލުން ޚިދުމަތް ހޯދަމުން އަންނަ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށްދޭ ޚިދުމަތްތައް މަގުފަހިކޮށް އިތުރަށް ފުޅާކޮށް ހަރުދަނާ ކުރުމުގެ ގޮތުން ނޭޝަނަލް ހެލްތް ކެއަރ އެކެޑެމީ އާއިގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
އައި.ޖީ.އެމް.އެޗް ގައި ފުރަތަމަ ފަހަރަށް މި ގޮތަށް ހިންގާ މި ޕްރޮގްރާމުގެ ސަބަބުން ހޮސްޕިޓަލަށް ޚިދުމަތް ހޯދަން އަންނަ އެހެން ބަލިމީހުންނެކޭ އެއްފަދައިން އަޑުއިވުމުން މަހްރޫމްވެފައިވާ ފަރާތްތަކަށާއި ޢާއިލާތަކަށް މިހާރަށްވުރެ ލުއި ފަސޭހަގޮތްތައް ލިބިގެންދާނެއެވެ.



