ދުނިޔޭގެ މަޝްހޫރު ދީނީ އިލްމުވެރިންނަށް ދިވެހި ރާއްޖޭގައި މުޅިން އައު ޕްލެޓްފޯމެއް!
ޕީސް ފައުންޑޭޝަނުން “ދަ ލެގަސީ” ގެ ނަމުގައި ދުނިޔޭގެ މަޝްހޫރު ދީނީ އިލްމުވެރިންނަށް އައު ޕްލެޓްފޯމެއް އުފައްދައިފިއެވެ. އަންނަ ޖުލައި 14 ވަނަ ދުވަހު ލޯންޗް ކުރާގޮތައް ހަމަޖެހިފައިވާ މި އިވެންޓް ގެ މާރކެޓިންގް ޕީސް ފައުންޑޭޝަނުން ވަނީ ނިމިދިޔަ ހަފްތާގައި ފަށާފައައެވެ.
ރާއްޖޭގައި މީގެ ކުރިންވެސް މިފަދަ އިވެންޓް ތަށް އެކި އެކި ފަރާތްތަކުން ވަނީ ހިންގާފައެވެ. އެހެންނަމަވެސް “ދަ ލެގަސީ” ޚާއްސަވަނީ މާލެ އިން ބޭރަށްވެސް އޭގެ އެކިއެކި އިވެންޓް ތަށް އަމާޒުކޮށްފައިވާތީއެވެ.
ޕީސް ފައުންޑޭޝަންގެ ޖެނެރަލް ސެކްރެޓަރީ މުހައްމަދު ސަބާޙް ވިދާޅުވި ގޮތުގައި މި ޕްލެޓްފޯމުން އެތަކެއް އާ ކަންތައްތަކެއް ފެނިގެން ދާނެއެވެ. ދަރުސްތަކުގެ އިތުރުން އެކި އެކި އުމުރު ފުރާތަކަށް ޚާއްސަކޮށްގެން ހިންގާ ވޯކްޝޮޕްތަށްވެސް “ދަ ލެގަސީ” ގައި އެކުލެވިފައިވެއެވެ. މިފަދަ ވޯކްޝޮޕް ތަކުގެ ސަބަބުން ބައިނަލްއަގްވާމީ އެތަކެއް ދީނީ އިލްމުވެރިންނާއި ކައިރިން ބައްދަލުވެ، އެބޭފުޅުންގެ ސެޝަންތަކުގައި ބައިވެރިވުމުގެ ފުރުސަތު އެތައް ދިވެހިންނަކަށް ލިބިގެންދާނެއެވެ.
ހަމައެއާއިއެކު މި ޕްލެޓްފޯމުގެ ސަބަބުން ބައިނަލްއަޤްވާމީ އެތަކެއް ދާއީން ދިވެހިރާއްޖެ އަށް ވަޑައިގެންނަވާނެއެވެ. އެގޮތުން މި ހިނގާ 2017 ވަނަ އަހަރުގައި ވެސް ކެނެޑާ ، މެލޭޝިއާ އަދި އޮސްޓްރޭލިއާ އަށް ނިސްބަތްވާ ދުނިޔޭގެ މަޝްހޫރު ބައެއް ދާޢީން ރާއްޖެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.