”މަށެއް ދެން ބޭނުމެއް ނޫން އިނދެގެން އުޅޭކަށް““ ”ތިހުރީ ވަރިކޮށްފައި“ ”މިބުނީނު ވަރިކުރާށޭ“ މިއީ ޒަވާޖީ ޙަޔާތުގައި އިވޭ ވަރަށް ޢާއްމު ޖުމްލަތަކެއް މިއީ އެތައް ޢާއިލާއަކާއި އަދި މިއީ އޭގެ ސަބަބުން މުޖްތަމަޢަށް ކުރިމަތިވާ ބޮޑެތި ލޮޅުންތަކެއް.
އަޅުގަނޑުމެންގެ މިކުޑަކުޑަ ރާއްޖެ މިވަނީ މިފަދަ ޖުމްލަތަކުގެ ސަބަބުން ދުނިޔޭގެ ރިކޯރޑު ހޯދައިފައެވެ. ހިތާމައިގެ ކޮޅެއްވެސް ނެތް. ވަކިވެގެންދާ ގިނަ ދެމަފިރިންނަކީ މިދުނިޔެއަށް އެކަނިވެރި ކުއްޖެއް ނުވަތަ ކުދިންތަކެއް ދޫކުރާ ބައެކެވެ. ޙަޤީޤަތުގައި ދެމަފިރިން އެކަކު އަނެކަކު ދެކެ އަންނަ ރުޅީގެ ސަބަބުން ހަލާކުވެގެންދަނީ އެދެމަފިރިންގެ ޙަޔާތް އެކަންޏެއްވެސް ނޫނެވެ. ތުއްތު މަޢްޞޫމް އެތައް ކުދީންނެއްގެ މުސްތަޤްބަލް ފަނާވެގެންވެސް މެއެވެ.
އާދެ! ކޮންމެ ޒަވާޖީ ޙަޔާތެއްގައިވެސް މައްސަލަޖެހޭނެއެވެ. އަޑިގަނޑުތަކާއި އުސްގަނޑުތައް އަންނާނެއެވެ. ނަމަވެސް މިކަންކަމުން އަރައިގަނެވެނީ ވަރަށްވެސް މަދު ދެމަފިރިއަކަށެވެ. އަދި މިކަންކަމުން އަރައިގަނެވޭ ދެމަފިރިންނަކީ ޒަވާޖީ ޙަޔާތުގައި ކާމިޔާބު ހޯދާ އަދި ކަންކަމާ ކުރިމަތިލާން އެނގޭ މީހުނެވެ، މައްސަލަތައް ޙައްލު ކުރުމުގެ ޤާބިލް ކަންހުރި ނުވަތަ ދަސްކޮށް އެއަށް ޢަމަލް ކުރާމީހުންނެވެ.
ޒަވާޖީ ޙަޔާތުގައި ޖެހޭ ގިނަމައްސަލަ ތަކަކީ އެކަކު އަނެކަކާއި ދޭތެރޭ މުޢާމަލާތު ކުރުމުގެ ބައި ކުޑަވީމާ ދިމާވާ ކަމެކެވެ. މިސާލަކަށް ފޯނާއި ކުޅެން ނުވަތަ ޓީވީ ބަލަން އިނދެގެން ދެމަފިރިން ވާހަކަ ދައްކާ ކަންކަމުގައި މަޝްވަރާ ކުރެވިދާނެތޯއެވެ؟!
ތިރީގައި މިބަޔާންކޮށްލަނީ ޒަވާޖީ ޙަޔާތެއް ކާމިޔާބު ކުރުމަށް ކުރެވިދާނޭ ބައެށް ކަންކަމެވެ.
ޒަވާޖީ ޙަޔާތެއްގައި ދިމާވާ މައްސަލަތައް ޙައްލު ކުރާނޭ ބައެށް ގޮތްތައް:
- މައްސަލައެއް ޖެހުމުން އެކަމެއްދިމާވި ސަބަބާއި މެދު ވިސްނާ އަދި އެކަން ޙައްލު ކުރުމަށް އަވަސްވުން.
- ދެމަފިރިން އެކަކު އަނެކެއްގެ އިޙްސާސް ތައް އެކަކު އަނެކަކާއި ޙިއްޞާ ކުރުން.
- ކަމެއް ނިންމުމުގެ ކުރިން ދެފަރާތުންވެސް މަޝްވަރާ ކުރުން.
- އެކަކު އަނެކަކު ކުށްވެރި ކުރުމުގެ ގޮތުން ”އަބަދުވެސް“ ”ދުވަހަކުވެސް“ ފަދަ ލަފްޡުތައް ބޭނުން ނުކުރުން.
- ލިބޭ އާމްދަނީ އަށް ދެމަފިރިންވެސް ބަލައިގެން އުޅުން.
- އެކަކުގެ ކިބައިން އުނިކަމެއް ފެނިއްޖެ ނަމަ އެކަމެއް ރަނގަޅު ކުރުމައް ލޯތްބާއި އެކު ބުނެދިނުން.
- ދެމަފިރިންގެ އަމިއްލަ ވަގުތުކޮޅެއް ކޮންމެ ދުވަހަކުވެސް ހޭދަ ކުރުން.
- އެކަކު އަނެކަކަށް އިތުބާރު ކުރުމާއެކު ޝައްކުގެ ނަޡަރަކުން ނުބެލުން.
- ފިރިމީހާ އަކީ އިސްމީހާ ކަމުގައި ދެކެ އަދި ފިރިމީހާގެ އަށް ކިޔަމަންވުން.
- އަނބިމީހާ އަކީ ހަމައެކަނި ތިބާގެ ބޭނުންތައް ފުއްދައިދޭ މީހެއްކަމުގައި ނުދެކި ޙަޔާތުގެ މުހިއްމު ދައުރެއް އަދާ ކޮށްދޭ އަދި ކުރިއެރުން ކަމުގައި ދެކުން.
(ނުނިމޭ……)
މިކަހަލަ ލިޔުން ގިނަކޮށްލާ.. ކޮންމެ ދެމަފިރިއެއް ވެސް މައްސަލަ ޖެހޭނެ އެކަމް ހައްލު ނުފެންނަނީ،…