ކީރިތި ރަސޫލާގެ ސިޔަރަތު 07

ރަޙީޤުލް މަޚްތޫމްގެ ދިވެހި ތަރުޖަމާ

ރިޔާސީ ޝަރަފުވެރި ބޮޑެތި ކަންތައްތޔައް ޤުޟައްޔު (قصى) ބާރުގެ ދަށުގައި ބޭއްވެވިއެވެ. އެކަންތައްތަކަކީ:

1 –  ދާރު އަންނަދުވާ (دار الندوة) ގެ ރިޔާސަތު: ދާރު އަންނަދުވާ (دار الندوة) އަކީ އެބައިމީހުންނަށް ކުރިމަތިވާ ބޮޑެތި ކަންތައްތަކުގައި މަޝަވަރާ ކުރާތަނެއްކަމުގައްޔާ އެމީހުންގެ އަންހެން ދަރިންގެ ކައިވެނީގެ ރަސްމިއްޔާތު ބާއްވާތެއް ކަމުގައި ހެދިއެވެ.

އިޝްތިހާރު Below Header ad

2 – އަލް ލިވާއު (اللواء‏) ދިދަ: ޤުޟައްޔު (قصى) އަތުން މެނުވީ ހަނގުރާމައިގެ ދިދަ ނުދެވޭނެއެވެ.

3 – އަލް ޙިޖާބަތު (الحجابـة‏) ގެފުޅު ހުޅުވުމުގެ ވެރިކަން: ގެފުޅުގެ ދޮރު އޭނާއަށްމެނުވީ ނުހުޅުވޭނެއެވެ. އެއީ ގެފުޅުގެ خَادِم އަދި ގެފުޅުގެކަންތައްތަކާ حوال ވެ ހުންނަވާ سندة البيت އެވެ.

4 –  ސިޤާޔަތު އަލް ޙާއްޖު (سَقايَةُ الحاج) ޙާޖީންނަށް ފެންދިނުން: މިކަމަކީ ޙައުޟުތަކަށް ފެންއަޅާ ފުރުމެވެ. އަދި އޭގެ ތެރެއަށް ފޮނި ރަހައެއް ލެއްވު ކަދުރާއި މެބިސްކަދުރު އެޅުމެވެ. ދެން ޙާޖީން މިނާއިން އެނބުރި މައްކާއަށް އައިސް އެ ފެން ބޮއެ އުޅެއެވެ.

5 –  ރިފާދަތު އަލް ޙާއްޖު (رِفَادَةُ الحاج‏) ޙާޖީޏްނަށް މެހެމާންދާރީ އަދާ ކުރުމުގެ ގޮތުން ކެއުމެއް ތައްޔާރު ކުރުން: މި ކެއުން ތައްޔާރު ކުރުމަށް ޙައްޖު މޫސުމުގައި ޤުރައިޝް (قريش) ންގެ މުދަލުން ޤުޟައްޔު (قصى) އަށް ފައިސާ ދޭންޖެހެއެވެ. ދެން އެ ފައިސާ މި ކެއުން ތައްޔާރު ކުރުމަށް ހޭދަ ކުރައްވައެވެ. ޙާޖީންގެ ތެރެއިން އަތުގައި ފުދޭވަރަކަށް ކޮއްތު ނެތް މީހުން މި ކެއުން ކައި އުޅެއެވެ. މި ދެންނެވި ހުރިހާ ކަމެއް ވަނީ ޤުޟައްޔު (قصى) އަށެވެ. އޭނާގެ ބޭފުޅުންގެ ތެރެއިން އޭނާގެ ޙަޔާތުގައި ޢަބްދު މަނާފް (عَبْدُ مَنَافُ) އަށް ވެރިކަން ދެއްވިއެވެ.

އެހެނަސް އޭނާގެ ދޮށީ ދަރިކަލަކީ ޢަބްދު އައްދާރު (عَبْدُ الدَّارُ)  އެވެ. ޤުޟައްޔު (قصى) ޢަބްދު އައްދާރު (عَبْدُ الدَّارُ)  އަށް ވިދާލުވިއެވެ. قوم ގެ މީހުންނާ ކަލއޔާ ބައްދަލު ކުރުވާނަމެވެ. ކަލެއަށް އެމީހުން ކަމޭހިތާ ޤަދަރު ކުރާކަމުގައި ވަނީނަމަ ތިމަން ކަލެޔާމެދުގައި އެމީހުނަނަށް وصية ކުރާނަމެވެ. ދެންފަހެ ޤުރައިޝް (قريش) ންގެ مَصْلَحَة ހުރި ކަންތައްތަކަށް އޭނާ އިސް ކުރުމަށް ޤުރައިޝް (قريش) ންނަށް وصِيَّة ކުރެއްވިއެވެ. އެއަފަހު ޢަބްދު އައްދާރު (عَبْدُ الدَّارُ)  އަށް ދާރު އަންނަދުވާ (دَارُ النَّدوَة) އާއި އަލް ޙިޖާބަތު (الحِجَابَة) އަލް ލިވާއު (اللِّواءُ) އާއި އައް ސިޤާޔަތު (السِّقايَة) އާއި އައް ރިފާދަތު (الرِّفادَة) އެބައިމީހުން حَوال ކުރިއެވެ. ޤުޟައްޔު (قصى) ކުރައްވާ އެއްވެސް ކަމަކަށް އެއްޗެއް ޤުރައިޝް (قريش) ން އެއްޗެއް ނުބުނާނެއެވެ.

ޤުޟައްޔު (قصى) ގެ ޙަޔާތުގައްޔާއި އޭނާ އަވަހާރަ ވުމަށްފަހުގައިވެސް މިކަން މިގޮތުގައި ދެމިއޮތެވެ. އޭނާގެ އަމުރތަށް ދެކެނީ تَبَع ވާން ޖެހޭ ދީނީ ކަމެއް ފަދައިންނެވެ. ޢަބްދު އައްދާރު (عَبْدُ الدَّارُ) ނިޔާވުމަށްފަހު އޭނާގެ ދަރިން އޭނާ ކުރަމުންދިޔަ ކަނަތައްތަކާ حَوال ވެ އެކަން ކުރަމުން ގެންދިޔައެވެ. އެބައިމީހުންގެ މެދުގައި އާރާރުންވުމެއް ދެބަސް ވުމެއްނެތެވެ. ނަމަވެސް ޢަބްދު މަނާފް (عَبْدُ مَنَافُ) އަވަހާރަވުމުން އޭނާގެ ދަރިން އެކުދިންގެ ބޮޑުބޭބެ ޢަބްދު އައްދާރު (عَبْدُ الدَّارُ) ގެ ކުދިންނާ އެކިއެކި ކަންކަމުގައި ވެރިކަމާމެދު ދެބަސްވުން އުފެދި ޤުރައިޝް (قريش) ން ދެބަޔަކަށް ބައިވިއެވެ. އަދި މި ބައިބައިވުން އެބައިމީހުންގެ މެދުގައި ހަނގުރާމައަކާ ކައިރިއަށްދިޔައެވެ. އެހިސާބުން އެބައިމީހުންގެ މެދެގައި صُلحَ އަށް ގޮވާލާ ދެބަސްވުން އުފެދުނު މަޤާމުތައް އެބައި މީހުންގެ މެދުގައި ބަހާލިއެވެ.

ޙާޖީންނަށް ކާންދިނުމާޢި ފެންދިނުން ޢަބްދު މަނާފް (عَبْدُ مَنَافُ) ގެ ދަރިންނަށެވެ. ދާރު އަންނަދުވާ (دَارُ النَّدوَة) ގެ ވެރިކަމާޢި ދިދައިގެ ވެރިކަމާޢި ގެފުޅުގެ ޙިޖާބަތު (الحجابـة‏) ގެފުޅު ހުޅުވުމުގެ ވެރިކަން ޢަބްދު އައްދާރު (عَبْدُ الدَّارُ) ގެ ކުދިންނަށެވެ.  ޢަބްދު މަނާފް (عَبْدُ مَنَافُ) ގެ ދަރިންނަށްހުރި ކަންކަމާއި حَوال ވާނޭ ކުއްޖަކު ހޮވުމަށް އެކުދިންގެ މެދުގައި ގުރުއަތު ލެވި އެ ގުރުއަތުން ނިކުތީ ހާޝިމް ބުނު ޢަބްދު މަނާފް (هَاشِم بن عَبْدُ مَنَاف) އެވެ. އެހެންކަމުން ޙާޖީންނަށް ކާންދިނުމާޢި ފެން ދިނުން ހާޝިމް ބުނު ޢަބްދު މަނާފް (هَاشِم بن عَبْدُ مَنَاف) ގެ މުޅި ޙަޔާތްޕުޅުގައި ބެލެހެއްޓެވިއެވެ. ހާޝިމް ބުނު ޢަބްދު މަނާފް (هَاشِم بن عَبْدُ مِنَاف) އަވަހާރަވުމަށްފަހު އެކަމާ حَوالވެ ބެލެހެއްޓެވީ އެކަލޭގެފާނުގެ أخ، عَبْد المطَّلِبُ بن عَبْد مَنَافُ އެވެ.

މިކަލޭގެފާނަށްފަހުގައި އެކަންކަމަށް رسول الله صلى الله عليه وسلم ގެ ކާފާފުޅު عَبْدُ المُطَّلِب بن هَاشِم بن عَبْدُ مَنَاف އިސްވެވަޑައިގެންނެވިއެވެ. އެކަލޭގެފާނަށްފަހގައި އެކަލޭގެފާނުގެ ބޭފުޅުން އިސްލާމް ދީން އަތުވެއްޖައުމަށްދާންދެން އެކަންތައްތައް ކުރައްވަމުން ގެންދެވިއެވެ. އެކަންކަމުގެ ވެރިކަން އޮތީ ޢައްބާސް ބުނު ޢަބްދުލް މުއްޠަލިބަ عَبَّاس بن عبد المطلب ށެވެ. މިދެންނެވި ދަރަޖަތައް ވިޔަވާވެސް ޤުރައިޝް (قريش) ންނަށް ދަރަޖަތަކެއް ވިއެވެ. އެ ދަރަޖަތައް އެބައި މީހުންގެ މެދުގައި ބެހިއެވެ. މިގޮތުން އެބައިމީހުން ކުޑަ دَولَة އެއްގެ ގޮތުގައި ސިފަ ކުރެވެއެވެ. ނަމަވެސް ބޮޑަށް ސިފަކުރުން ރަނގަޅީ ދިމަޤްރާތީ (الديمقراطية)  ކުޑަ دَولَة އެއްގެ ގޮތުގައެވެ. މިޒަމާޏުގެ ރައްޔިތުންގެ މަޖްލީހަކާއި ވަޒީރުންގެ މަޖްލީހެއް އޮވެއެވެ. ގިނަ އިދަރާތައް ހުރެގެން ހިނގަމުން ގެންދާ ކުޑަ ސަރުކާރެއްގެ ގޮތުގައެވެ. دَولَة ގެ مَقامُ ތައް މިގޮތަށް ބަހާލެވިފައިވިއެވެ.

1 – އަލް އީސާރު (الإيْسَارُ): ފާލުބެލުމަށް ނުވަތަ ނަޞީބާއި ޤިސްމަތުގައިވާ މިންވަރު ހޯދުމަށް ބުދުތަކަށް ތީރު އަޅައިގެން ބަލާ ނަޞީބު ބެލުމުގެ ތަށިތަކާއި ތީރުތަކުގެ ވެރިކަން ބަނީ ޖުމަޙަ (بَنِي جُمَح) ވަންހައަށެވެ.

2 – ތަޙްޖީރުލް އަމްވާލު (تحجير الأموال‏): ބުދުތަކަށް ނަދުރު ބުނެގެން ގެނެވޭ ތަކެއްޗާ حَوال ވުމުގެ ވެރިކަމާއި އަރާރުންތަކާއި ދެބަސްވުންތައް ހުއްޓުވުމުގެ ވެރިކަން ސަހުމް (سَهُم) ވަންހައަށެވެ.

3 – އައްޝުރާ (الشورى‏): ގެ ވެރިކަން އަސަދު (أسد) ވަންހަ އަށެވެ.

4 – އަލް އަޝްނާޤު (الأشْنَاقُ‏‏): ‏ދިޔަތަކާއި ޖޫރިމަނާތައް: މިކަމުގެ ވެރިކަން ތައިމް (تَيْم) ވަންހައަށެވެ.

5 – އަލް ޢިޤާބު (العِقَابُ‏‏): ޤަޥްމީ ދިދަ އުފުލުމުގެ ވެރިކަން: މިކަންވަނީ އުމައްޔަތު (أمية‏) އަށެވެ.

6 – އަލް ޤުއްބަތު (القبة‏): އަސްކަރީ ފޭލިގެތައް ޖެހުމާއި އަސްވާރުންގެ ޤިޔާދަތުގެ ވެރިކަން: ބަނީ މަޚްޒޫމް (بني مخزوم) އަށެވެ.

7 – އައް ސިފާރަތު (السفارة‏): قوم ތަކުގެ މެދުގައި صُلح އާއި ގުޅުން އުފައްދައި ދެމެހެއްޓުމުގެ ވެރިކަން ބަނޫ ޢަދީ (بني عدي‏) އަށެވެ.

މި ދަންނަވާލެވުނީ ޤުޟައްޔު (قصى) މައްކާގެ ވެރިކަމާ ޙާވާލުވެ ވަޑައިގެން ގެންނެވި އިޞްލާޙުތަކެވެ. އަދި މައްކާގައި ވަޒަންވެރިވެފައިވާ ޢަރަބި ވަންހަތަކުގެ މެދުގައި އުފެއްދެވި އެއްބައިވަންތަކަމެވެ. އަދި ވެރިކަން ކުރައްވަމުން ގެންދެވި ގޮތުގެ ކުރު خُلاصَة އަކާއި ޤުޟައްޔު (قصى) އަށްފަހުގައި އޭނާގެ ދެ ދަރިންކަމުގައިވާ (عَبْدُ مَنَافُ) އާއި ޢަބްދު އައްދާރު (عَبْدُ الدَّارُ) މައްކާގައި ވެރިކަންކުރެއްވި ގޮތާއި މި ދެބޭފުޅުންނަށްފަހު މިދެބޭފުންގެ ބޭފުޅޫންގެ މެދުގައި އުފެދުނު ހަމަ ނުޖެހުމާއި އަދި އެކަން ޙައްލުވެގެން ދިޔަ ގޮތެވެ. މިހިސާބުން ބަލާލާނީ ޢަރަބި ހުރިހާ قوم ތަކެއްގައި ވެރިކަން ހިނގަމުން އައިސްފައިވާ ގޮތުގެ މައްޗަށެވެ.

 

މި ސިޔަރަތަކީ ރާބިޠަތުލް ޢާލަމިއްޔާގެ ފަރާތުން رسول الله صلى الله عليه وسلم ގެ މައްޗަށް އެންމެ ފުރިހަމައަށް ސިޔަރަތު ލިޔުނު ފަރާތަކަށް ދިނުމަށް ހުޅުވާލި ނޯބަލް އިނާމު ލިބުނު ސިޔަރަތު އައްރަޙީޤު އަލް މަޚްތޫމް (الرحيق المختوم) މި ސިޔަރަތު ލިޔުއްވީ އިންޑިއާގެ ޢިލްމުވެރިއެއްކަމަށްވާ ޞަފިއްޔުއް ރަޙްމާން އަލްމުބާރަކް ޕޫރީ އެވެ. ދިވެހި ބަހަށް ތަރްޖަމާ ކުރެއްވީ ފަޟީލަތުއްޝައިޚް އަލް އުސްތާޛް ޢުޘްމާން ޢަބްދުﷲ އެވެ.

 

ސިޔަރަތުގެ އޯޑިއޯ:

(ނުނިމޭ….)

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.