ވެރިކަން ކުރާ ޕާޓީ ޕީޕީއެމް އަށް މަޖުބޫރުން މެމްބަރުން ވައްދާ ކަމަށް ބުނެ މަޖިލީހަށް ގަރާރެއް ހުށައަޅައިފި.
ސަރުކާރުގައި ވަޒީފާ އަދާކުރަމުންގެންދާ މުވައްޒަފުން ނަށް މަޖުބޫރު ކުރުވައިގެން ރާއްޖޭގެ ވެރިކަން ކުރާ ޕާޓީ ޕީޕީއެމް އަށް ސޮއިކުރުވާ ކަމަށް ބުނެ ރައްޔިތުން މަޖިލީހަށް ގަރާރެއް ހުށައަޅައިފިއެވެ.
މި ގަރާރު މަޖިކީހަށް ހުށަ އަޅާފައިވަނީ އެމްޑީޕީ އަށް ނިސްބަތްވާ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު އާއި މައްޗަށްގޯޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ އެވެ.
ފަލާޙް އާއި މާރިޔާ ސޮއިކުރައްވާ ހުށައެޅުއްވި މި ގަރާރުގެ ފުރަތަމަ ކިޔުން އިއްވުން މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ވަނީ ތާވަލް ކޮށްފައެވެ.
އެމްޑީޕީ އަށް ނިސްބަތްވާ މި ދެމެންބަރުން ހުށައެޅުއްވި މި ގަރާރު ހުށައަޅާފައިވަނީ މަޖުބޫރު ކުރުވައިގެން ސަރުކާރު މުވައްޒަފުންނަށް ބިރުދައްކައިގެން ޕީޕީއެމަށް ސޮއިކުރުވާތީއެވެ.
ބައެއް ފަރާތް ތަކުން މައުލޫމާތު ދޭގޮތުން ވެރިކަ ން ކުރާ އާއި ޕާޓީއަށް ސޮއި ނުކޮށްފިނަމަ ވަޒީފާ އިން ވަކިކުރާނެ ކަމުގެ ބިރުދައްކަމުންދެއެވެ.
އަދި މީގެއިތުރުން ޕާޓީއަށަ ސޮއިކުރުމުން ވަޒީފާނެއް ފަރާތްތަކަށަ ވަޒީފާގެ ފުރުސަތުވެސް ހޯދަދޭނެކަމަށް ބުނެއެވެ
މީގެ އިތުރުން އެމްޑީޕީ އިން ހުށައަޅާފައިވާ އެ ގަރާރުގައި އެދިފައިވަނީ އެ ކަންތައް އެގޮތަށް ހިނގާތޯ ބަލައި މަޖިލީހުން އެކަންތައް ހުއްޓުވުމަށް ބާރުއެޅުމަށެވެ