އިތުރު ތަމްރީނު ހޯދުމަށް 15 ސްކޫލެއްގެ ޕްރިންސިޕަލުން މެލޭޝިޔާއަށް

ސްކޫލްތަކުގެ ހިންގުން ހަރުދަނާ ކުރުމަށާއި ލީޑަރޝިޕް ހުނަރުތައް އިތުރުކުރުމަށް ސްކޫލްތަކުގެ ޕްރިންސިޕަލުންގެ ވަފްދެއް މެލޭޝިޔާއަށް ޒިޔާރަތްކޮށްފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ އިސްނެންގެވުމުގެ މަތިން މެލޭޝިޔާގެ ޔުނިޓާ އިންޓަރނޭޝަނަލް ޔުނިވަރސިޓީއާއި ގުޅިގެން ކުރިއަށްދާ މި ދަތުރަކީ ސްކޫލްތަކުގެ ހިންގުމާއި ހަވާލުވެ ހުންނަވާ ފަރާތްތައް ތަމްރީނު ކުރުމަށް މިދިޔަ އަހަރުން ފެށިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ޕްރޮގްރާމް ދަށުން ފަސް ބުރެއް މީގެ ކުރިން ކުރިއަށް ގެންގޮސްފައިވާ އިރު، މި ބުރުގައި ބައިވެރިވެފައިވަނީ މ، ފ، އއ އަދި ޅ އަތޮޅުގެ 15 ޕްރިންސިޕަލެކެވެ.

މި ދަތުރު ގައި ޕްރިންސިޕަލުން މެލޭޝިޔާގެ ޔުނިޓާ އިންޓަރނޭޝަނަލް ޔުނިވަރސިޓީ އާއި އެޤައުމުގެ ބައެއް ސްކޫލްތަކަށް ޒިޔާރަތްކޮށް ހިންގުމުގެ ދާއިރާއާއި ބެހޭ މައުލޫމާތު ހޯދާނެއެވެ. އަދި މެލޭޝިޔާގެ ޔުނިޓާ އިންޓަރނޭޝަނަލް ޔުނިވަރސިޓީން ކުރިއަށް ގެންދާ އެކާވީސްވަނަ ޤަރުނުގެ ސްކޫލްތަކުގެ ހިންގުން ހަރުދަނާކުރުމާއި ގުޅޭ ތަމްރީނު ޕްރޮގްރާމްގައި ބައިވެރިން ބައިވެރިވާނެ އެވެ.

މި ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި މިދިޔަ އަހަރު އަތޮޅުތެރެއާއި މާލޭގެ ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި، ޑެޕިއުޓީ ޕްރިންސިޕަލުން އަދި ލީޑިންގ ޓީޗަރުން ހިމެނޭ ގޮތަށް 9 ފަރާތެއް މެލޭޝިއާއިން ތަމްރީނު ހޯދާފައިވާ އިރު، ދެ ވަނަ ބުރުގައި 30 ފަރާތެއް ތަމްރީނުވެފައި ވެއެވެ. އަދި ތިން ވަނަ ބުރުގައި ވެސް 30 ފަރާތަކުން ތަމްރީނުވެފައިވާ އިރު، ހަތަރު ވަނަ ބުރުގައި 23 ފަރާތަކުން  އަދި ފަސް ވަނަ ބުރުގައި ވެސް 23 ފަރާތަކުން ވަނީ ތަމްރީނުވެފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.