
ޖަލާލުއްދީން ސްކޫލުގެ ކުލަބު ޖަމިއްޔާތައް އިފްތިތާޙުކޮށްފި
ޖަލާލުއްދީން ސްކޫލުގެ ކްލަބުތަކާއި ޖަމިއްޔާތައް އިފްތިތާހުކޮށްފިއެވެ.
2017 ވަނަ އަހަަރަށް އެ ސްކޫލުގެ ކުލަބު ޖަމިއްޔާތައް އިފްތިތާހު ކޮށްދެއްވީ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް އާމިނަތު މުހައްމަދެވެ.
މިއަހަރު ޖަލާލުއްދީން ސްކޫލުގައި 5 ކްލަބަކާއި 2 ޖަމްއިއްޔާއެއް އިފްތިތާހުކޮށްފައިވާ އިރު، އެއީ އިކޯ ކުލަބް، އާޓް ކުލަބް، ހިއުމަން ރައިޓްސް ކުލަބް، ހެލްތް ކުލަބް އަދި މިއަހަރު އަލަށް އުފެއްދި ޔަންގ ފިޝާސް ކުލަބެވެ. އަދި ދަރިވަރުންގެ ދިރުން، އިންގްލިޝް ލިޓަރަރީ އެސޯސިއޭޝަން (އީއެލްއޭ) އާއި ބިޒްނަސް ސްޓޫޑެންޓް އެސޯސިއޭޝަން (ބިޒްއެކްޓް) ވެސް ހިމެނެ އެވެ.
މި ޖަލްސާގައި ކުލަބުތަކާއި ޖަމްއިއްޔާތަކުން މިއަހަރު ކުރިއަށް ރާވާފައިވާ ހުރި ހަރަކާތްތައްވެސް ވަނީ އިޢުލާންކޮށްފައެވެ.



