ފައިސާއާއި ނުލާ ފައިސާވެރިކަން

ފައިސާ ފޮތީގެ ދެފުށް /

ފައިސާއާއި ނުލާ ފައިސާވެރިކަން  /

އިޝްތިހާރު Below Header ad

މީގެ 3000 އަހަރު ކުރިން އިންސާނުން އަދާކުރަމުންދިޔައީ އެއްވަޒީފާއެކެވެ. މަސައްކަތްކުރަމުންދިޔައީ އެއްކަހަލަގޮތަކަށެވެ.  ހުރިހާ އެންމެނަކީ ސިކާރަކުރުމުގެ ވަޒީފާގައި އުޅުނު މީހުންނެވެ. އެހެންއިބާރާތަކުންނަމަ އޭރު ދިރިއުޅެމުންދިޔަ ހުރިހާ އިންސާނުން އަދާކުރަމުންދިޔައީ މިއަދު އަހަރެމެން އަދާކުރާ މާކެޓިން ވަޒީފާއެވެ. މީގެ 3000 އަހަރު ކުރިއެކޭ އެއްފަދައިން މިއަދުވެސް ވިޔާފާރީގައި އެންމެ މުހިއްމު ކަމަކީ މާކެޓްކުރުމެވެ. ސިކާރަކުރުމެވެ. ވިއްކަންބޭނުންވާ މުދާ ނުވަތަ ޚިދުމަތުން ނަފާލިބިގަތުމަށްޓަކައި އެކިގޮތްގޮތަށް ސިކާރަކުރުމެވެ.

އަހަރެމެން ވަށައިގެންވާ މުޖްތަމަޢު ކުރިއަރާފައިވާ އިރު ވިޔާފާރި ކުރުމުގެ ގޮތްފާޑަށް ވެސްވަނީ ވަރަށްބޮޑެތި ބަދަލުތަކާއި ކުރިއެރުންތަކެއް އައިސްފައެވެ. މިބަދަލުތަކާއި އެކު  ވިޔާފާރީގައި ކާމިޔާބުވުން ބަލައިގަނެވެނީ ތިމާއަށް ކުރެވޭ އިޚްސާސެއްގެ ގޮތުގައެވެ.

އަހަރެމެންތެރެއިން ގިނަމީހުން އަމިއްލަ ވިޔާފާރިއެއް ކުރުމާއި މެދު ދެކެނީ ކާމިޔާބާއި ދުރު ޚިޔާލުތަކެކެވެ. ވިޔާފާރިއެއްފެށުމަށްޓަކައި ބޮޑު ކެޕިޓަލެއް ބޭނުންވާނެކަމަށެވެ. ގިނަ ފައިސާތަކަކާއި ނުލާ ފައިސާވެރިކަމަކީ ހާސިލްނުކުރެވޭނެ ލަނޑުދަނޑިއެއްކަމުގައެވެ.  މިފޮތުގައި އަހަރެން މިއަލިއަޅުވާލަނީ ގިނަފައިސާތަކަކާއި ނުލާ ފައިސާވެރިކަން ހާސިލްކުރެވިދާނެ ބައެއް އަސާސްތަކާއި އެގޮތަށް ކާމިޔާބުވެފައިވާ ގިނަވިޔާފާރިތަކުގެ ވާހަކައެވެ. އަމިއްލަ ވިޔާފާރިއެއް ފެށުމަށްޓަކައި ތިމާގެގައިގާ ހުންނަންޖެހޭ މުހިއްމު އަޚްލާޤާއި ވިޔާފާރިވެރިންނާއި އޮންޓަރޕްރަނަރުންގެ ތަފާތު ސިފަތަކުގެ މައްޗަށެވެ.

ނިމިގެންދިޔަ ދެއަހަރެއްގެ ތެރޭގައި އަމިއްލައަށް ވިޔާފާރިއެއް ފެށުމުގެ ޝައުޤުވެރިކަމާއި އެކު އަހަރެންނާއި ބައްދަލުކުރިމީހުންގެ އަދަދު އޭގެ ކުރީގެ އަހަރުތަކާއި އަޅާބަލާއިރު ވަރަށްބޮޑުތަން އިތުރުވެގެން އައެވެ. މިކަމުން އަހަންނަށް ދޭހަކޮށްދިނީ ދިވެހިންގެ ތެރޭގައި އަމިއްލައަށް ވިޔާފާރިއެއް ފެށުމުގެ ޝައުޤުވެރިކަމާއި އެކަމާއި ކުރިމަތިލުމުގެ ހިތްވަރުހުރި ގިނަބަޔަކު އަހަރެމެންގެ ވަށައިގެން އުޅެމުންދާކަމެވެ.  މީގެ ތެރެއިން ގިނަމީހުން އެމީހުން އުއްމީދުކޮށް މަޝްވަރާ ހޯދިވިޔާފާރި ފަށާފައިވަނީ ކުޑަކުޑަކެޕިޓަލަކުން ކަމުގައިވިޔަސް ނަފާއާއި ހަމައަށް ދިއުމަށް އެ ކެޕިޓަލު އެކަށީގެންނުވާކަމުގައި ދެކި ވިޔާފާރި ބަދަލުކޮށްލާ މަންޒަރު ވަރަށްގިނައިން ތަކުރާރުކޮށް އަހަރެންނަށް ފެނެއެވެ.  މިއީ އެމީހުންގެ ވިޔާފާރީގައި ދީލާލާ ވަރަށްވެސް ކަސިޔާރުދީލާލުމެކެވެ.  މުޅިދުނިޔޭގައިވެސް ގިނައިން އުޅެމުންދަނީ  “ކަންބަޅީގެ” އަޚްލާގު ހުންނަމީހުންކަމުގައި ބެލެވޭއިރު އަހަރެމެންތެރެއިން ގިނަމީހުންވެސް ޢަމަލުކުރެވެމުންދަނީ އެފަދަގޮތަކަށެވެ. އަނެއްމީހާ ކުރާ ވިޔާފާރިން ލިބޭ ނަފާއާއި މެދު ހިތްނުތަނަވަސްވެ ނުވަތަ އެފަދަ ގޮތަކަށް ވިޔާފާރި ފެށުމަށްޓަކައި އޭނާކުރާމަސައްކަތް ނަކަލުކޮށްލުމެވެ. މީހަކު ކޭކު ވިއްކާތަންފެނިއްޖެނަމަ އެގޮތަށް ތިމަންނާވެސް ކޭކު އަޅައިގެން ނަފާހޯދުމުގެ ހުވަފެންދެކެން ފަށައެވެ. މިފަދަ ގޮތަކަށް ޢަމަލުކުރެވޭ ގިނަވިޔާފާރިވެރިން ދުވަހަކުވެސް އުއްމީދު ކުރި ކާމިޔާބީއަކާއި ހަމައަށް ވާސިލެއްނުވެއެވެ.  އަހަރެންހިތުން މިފޮތުގައި މިގެނެސްދޭ ވާހަކަތަކުން އަމިއްލަވިޔާފާރިއެއް ފަށަންބޭނުންވެފައި ތިބި އެތައްބަޔަކަށް އެކަމަށް މަގުފަހިވާނެކަމުގައި ދެކެމެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.