“ކަދުރު ކޭކް” ވަރަށް ފައްކާ !

ކަދުރަކީ ސިއްޚަތަށް އެތަކެއް ފައިދާތަކެއް ލިއްބައިދޭ ބާވަތެކެވެ. އަނގަޔަށް މީރު ބާވަތެކެވެ. ކަދުރު އާންމުކޮށް ބޭނުންކޮށް އުޅެނީ ރޯދަމަހުގައެވެ. އެހެން ނަމަވެސް އެހެން މަސްމަހުގައިވެސް މަދު މަދުންނަމަވެސް ކަދުރު ބޭނުންކޮށްއުޅެއެވެ.

ކަދުރަކީ ހަމަ އެކަނި ހުސްކޮށް ކާއެއްޗެއް ނޫނެވެ. ކަދުރުން ތަފާތު ބާވަތުގެ ކާތަކެތިވެސް ތައްޔާރުކޮށްގން ބޭނުން ކޮށް އުޅެއެވެ. އެގޮތުން ކަދުރު ބޯކިބާ، ކަދުރު ކޭކް ވެސް ރާއްޖޭގައި ތައްޔާރުކޮށް އުޅެއެވެ.

އިޝްތިހާރު Below Header ad

އެގޮތުން މިފަހަރު ބަލާލާނީ ކަދުރު ކޭކް ތައްޔާރުކުރާނެ ގޮތަށެވެ.

Date cake 1

ކަދުރު ކޭކް ތައްޔާރު ކުރާނެގޮތް:
150ގ. ހަކުރު
250ގ. ފުށް
175 ގ. ބަޓަރ

2 ސައިސަމްސާ ބޭކިންޕައުޑަރ

1 މަތިގަނޑު ވެނީލާ އެސެންސް

1 ޖޯޑު ކަދުރު ( ކޮށާފައި )

1 ޖޯޑު ކަދުރު ( މިކްސްޗަރުން ހިމުންކޮށްފައި )

ތައްޔާރުކުރާނެ ގޮތް

ފުރަތަމަ ފުށް، ބޭކިންޕައުޑަރ އެއްކޮށް ފުރާނާލާށެވެ. ދެން ބިހާއި ހަކުރު ރަނގަޅަށް ވިރެންދެން ގިރާފައި ބަޓަރވެސް އެއްކޮށްފައި އޮމާންވަނދެން ގިރަލާށެވެ. ދެން ފުށް، ބޭކިންޕައުޑަރ އެއްކޮށް ލާށެވެ. ރަނގަޅަށް އޮމާންވަންދެން ގިރުނީމާ ކަދުރު އަދި އެސެންސްވެސް އެއްކޮށްލާށެވެ. ރަނގަޅަށް ގިރުމުން ޓްރޭގައި ބަޓަރު ހާކާފައި ފުށްގަނޑު އަޅާފައި އަވަނުން ފިހެލާށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.