ފައިސާފޮތީގެ ދެފުށް 2

އަހަރެމެން ކުރިމަތިލާންޖެހިފައިވާ ދިރިއުޅުމުގެ ގޮންޖެހުން ތަކަކީ ދެމިގެންވާ ގޮންޖެހުން ތަކެކެވެ.އެ ގޮންޖެހުންތަކަކީ އަހަރެމެން ދިރިހުރިހާ ހިނދަކު ކުރިމަތިލާން ޖެހިފައިވާ ދިރިއުޅުމުގެ ހަލަބޮލި ކަމެވެ. ދިރިއުޅުން އާރާސްތުކުރުމާއި ކަންކަން ހާޞީލް ކުރުމަށް ކުރިމަތިވާ ގޮންޖެހުންތަކެވެ.

މަސްނިމުމުން ކުލިދެއްކުމާއި ކަރަންޓާއި ފެންބިލުގެ އިތުރުން ތަޢުލީމު އެނގެނުމަށް ހޭދަކުރުމަކީވެސް އަހަރެމެން ވިސްނަންޖެހިފައިވާ ކަންކަމެވެ. އެހެނަސް އަހަރެމެންގެ ތެރެއިން ގިނަމީހުން މިކަންކަމާއި ކުރިމަތިލަނީ ވަގުތީ ހައްލެއް ހޯދުމަށެވެ. ތިމާއަށް ލިބޭ އާމްދަނީން މިއެންމެހާ ކަމެއް ހާޞިލް ކޮށްލާފައި އަތްމަތިހުސްކޮށްލުމަކީ ގިނަމީހުން ދިރިއުޅުމަށް ޚިޔާރުކޮށްފައި އޮންނަ ނުވަތަ ދަސްކޮށްފައިއޮންނަ އުޞޫލެވެ.  ލިބޭ މުސާރައިން މަހުގެ ޚަރަދުބަރަދު ނިންމާލެވޭނެ ކަމަށްވާނަމަ ޤަބޫލު ކުރެވެނީ ފަހި ދިރިއުޅުމެއްގައި ނުދަރާ އުޅެވޭ ކަމަށެވެ.  މި އުޞޫލަކީ މުގޯއްޔެއްގެ ވަށައިގެން ދިރިއުޅުން ނިންމާލުން ކަހަލަ ކުރިއެރުން ހަނި ދިރިއުޅުމުގެ ފަލްސަފާއެކެވެ. ކޮންމެ މަހެއްވެސް ފެށުމާއި އެކު އެމަހެއް ނިމޭނެ ދުވަހަކަށް އިންތިޒާރުކޮށްތިއްބާ މަސްނިމިދެއެވެ. އަދި ހަމައެހެންމެ މުސާރަކޮޅު ލިބުމުން ދައްކަންހުރި ބިލުތަކާއި ކުލި ދެއްކުމަށްފަހު އަތްމަތި ހުސްވެދެއެވެ. އަނެއްކާވެސް އަނެއްމަސް ފެށިގެން ހިނގައިދެއެވެ. ފޮނި އިންތިޒާރެއްގައި ތިބެވެނީ މުސާރަކޮޅު ބޮޑުކޮށްލާނެ ދުވަހަކަށެވެ.

އިޝްތިހާރު Below Header ad

މިބުނެވިދިޔަ ފަލްސަފާގެ މަތީގައި ދިރިއުޅެމުން ގެންދެވޭ މައިގަނޑު ސަބަބަކީ ވަޒަންކޮށް މިންކުރުމުގައި “ފައިސާ” އަކީ ކަންކަން އަގުކުރުމަށް ބޭނުންކުރާ ވަޞީލަތްކަމަށް ޤަބޫލުކުރެވުމާއި އެ ވަޞީލަތް ފަހާ އަހަރެމެން ދުވަންފެށުމެވެ. ހަޤީޤަތަކީ ފައިސާއަކީ ކަންކަން ހާޞިލްކޮށްލުމަށް ބޭނުންކުރެވޭ ވަޞީލަތެވެ. އެއީއެއްވެސް ހާލަތެއްގައި ވަޒަންކޮށް މިންކުރާ ވަޞީލަތެއްނޫނެވެ. ވަޒަންކޮށް މިންކުރާ ވަސީލަތަކީ “ވަގުތެވެ.” އެކަމަށް ހޭދަކުރާ ވަގުތެވެ.  މަސައްކަތްކުރާމިންވަރު ވަޒަންކުރެވޭނީ އުފައްދާމިންވަރާއި އެކަމަށް ހޭދަކުރާ ވަގުތުގެ މައްޗަށް ބިނާކޮށްގެންނެވެ. މިގޮތުން ކުރެވިފައިވާ މަސައްކަތަށް ދެވޭ ބަދަލަކީ “ފައިސާއެވެ.” އެއީ ކަމެއް ޙާޞިލްކުރުމަށް މެދުވެރިއަކަށް ފައިސާ ބަލައިގަނެވޭތީއެވެ.

ފައިސާގެ މަތިން ހަނދާން ނައްތާލުމަށްފަހު “ވަގުތު” ގެ މަތިން އަހަރެމެން ހަނދާކޮށް އެކިކަންކަންމިން ކުރުމުގައި ވަގުތު ބޭނުން ކުރަންފަށައިފި ނަމަ، ޙާޞިލްކުރަންބޭނުންވާ ލަނޑުދަނޑި ތަކާއި ހަމައަށް ފައިސާފޮތިން ވާޞިލް ނުވާނެކަން ޔަޤީންކުރެވޭނެއެވެ.  ތިމާއަށް ލިބިފައިވާ ކުޑަ ވަގުތުކޮޅުގައި ވަގުތުބޭކާރުކޮށްނުލާ ދާންބޭނުންވާ މަންޒިލާހަމައަށް ދިއުމަކީ އަމާޒުކަމުގައި ބަލަންފަށައިފިނަމަ ދިރިއުޅުމާއި މެދު ދެކޭ ދެކުން ބަދަލުވެ، މުޅިން ތަފާތު ބަދަލުތަކެއް ދިރުއުޅުމަށް އަންނަންފަށައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.