ޚަބަރު ފީތާ

އެވަޓަން މޮޅުވިޔަނުދީ ކްރިސްޓަލް ޕެލަސްއިން ހިފަހައްޓައިފި.

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެވަޓަން އަދި ކްރިސްޓަލް ޕެލަސް ބައްދަލު ކުރި މެޗު 1-1 ގެ ނަތީޖާއިން އެއްވަރުވެގެން ނިމިއްޖެއެވެ.

އެވަޓަންގެ އަމިއްލަ ދަނޑުގައި ކުޅެވުނު މިމެޗުގައި ދެޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެން ދިޔައިރު މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ އެވަޓަންއިންނެވެ. މެޗުގެ 35 ވަނަ މިނެޓުގައި މި ލަނޑު އެވަޓަންއަށް ކާމިޔާބުކޮށްދިނީ ރޮމެލޫ ލުކަކޫ އެވެ.

ފުރަތަމަ ހާފް ނިމުނުއިރު އެވަޓަން ލީޑުގައި އޮތްނަމަވެސް

މެޗުގެ ދެވަނަހާފަށް ކުޅެން ނިކުމެ ކްރިސްޓަލް ޕެލަސް ވަނީ ލަޑެއްޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. އެޓީމަށް ނަތީޖާ އެއްވަރުކޮށްދިން މި ލަނޑު ޖަހައިދިނީ ބެންޓެކޭ އެވެ.

މިނަތީޖާއާ އެކު އެވަޓަން ޕޮއިންޓުގެ ގޮތުން ލީގުގެ ދެވަނާގައި އޮތް އާސެނަލްއާ ވަނީ ޕޮއިންޓް ގެ ގޮތުން އަރާ ހަމަކޮށްފައެވެ. ކޮންމެ ޓީމަކަށް 14 ޕޮއިންޓް ލިބިފައިވާއިރު އެބަޓަން އޮތީ ގޯލްގެ ތަފާތުން ލީގުގެ 3 ވަނާގައެވެ.

ކްރިސްޓަލް ޕެލަސް އޮތީ 11 ޕޮއިންޓާއެކު ލީގުގެ 7 ވަނާގައެވެ.

ލީގުގެ އެއްވަނާގައި 18 ޕޮއިންޓާ އެކު އޮތީ މެންޗެސްޓާ ސިޓީ އެވެ.

Rate this post