ބީރައްޓެހިން!

އަލް މަރްޖާން 3

ބީރައްޓެއްސަކީ އެމީހެއްގެ ގެއާއި އަނބިދަރިން ދޫކޮށްފައި ދާމީހެއްނޫނެވެ. އެހެނެއްކަމަކު ބީރައްޓެއްސަކީ، އެމީހެއްގެ ވަށައިގެން މީސްތަކުން ކުޅިމަޖަލުގައި އުޅޭއިރު (ދީނުގެ) ކަންތައްތަކުގައި ގަދައަޅާ މަސައްކަތްކުރާ މީހާއެވެ.

އަދި އެމީހެއްގެ ވަށައިގެންވާ މީސްތަކުން ނިދާފާވާއިރު ހޭލާ (ރޭއަޅުކަމުގައި) ހުންނަ މީހާއެވެ. އަދި މީސްތަކުން އެމީހުންގެ އެމަގުފުރެދުމުގައި ހަލާކުވެ ދަނިކޮށް އެންމެ ހެޔޮ މަގު ޚިޔާރު ކުރި މީހާއެވެ. ފަހެ ޅެންވެރިޔާ ބަޔާންކުރާ ފަދައިން، އެއީ ހުސް ތެދެވެެ. އަހަރެންގެ ރަޙްމަތްތެރިއަކު އަހަންނަށް ބުންޏެވެ. “އަހަންނަށްް ތިބާ ފެންނަނީ ބީރައްޓެއްސެއްގެ ގޮތުގައެވެ. އަދި މިމީސްތަކުންގެ ތެރޭގައި ތިބާ ތިޔަވަނީ ގާތް ރަޙްމަތްތެރިއަކުވެސް ނެތިއެވެ.”ދުނިޔޭގައި (ޙައްޤުގެ މަގުގަ) އެވެ. އަދި މިއީ އަހަރެންގެ މަގެވެ. ފަހެ ބީރައްޓެއްސަކީ މިއީއެވެ. މަލާމާތްކޮށް ފުރައްސާރަ ކުރާ މީހުންގެ ކައިރީގައި ބީރައްޓެހީން ކަމުގައިވާ މީހުންނެވެ. އެހެނެއްކަމަކު އޭނާގެ ރައްބުގެ ޙަޟްރަތުގައި އޭނާ ވަނީ މަތިވެރިވެގެންވާ މަޤާމެއްގައެވެ. އަހަރެމެންނަކީ ބީރައްޓެހީންނެވެ. އަހަރުމެން ﷲ ތަޢާލާ ފިޔަވައި އެހެން ފަރާތަކަށް ބޯނުލަނބާނަމެވެ. އަދި އަހަރެމެންގެ ދިރިއުޅުމުގެ ޙަޔާތުގެ ޝިޢާރެއްކަމުގައި (ނަމެއް ކަމުގައި) ‘ބީރައްޓެހިން’ ހަދައި އެއަށް ރުހިއްޖައީމެވެ. ތިބާ އަހަރެމެން ގާތު އަހައިފިކަމުގައިވާނަމަ (އަހަރުމެން ބުނާނަމެވެ)، ފަހެ އަހަރުމެން ނުބައި ނުލަފާ ވެރީންނަކަށް (އެމީހުން ދައްކާ ވާހަކައަކަށް ނުވަތަ ކުރާ ކަމަކަށް) ފަރުވާލެއް ނުބަހައްޓަމެވެ. ފަހެ އަހަރުމެންނަކީ ﷲގެ މަގުގައި ފޯރިމަރާ އެއިލާހުގެ ޖުނޫދުން (ހަނގުރާމަވެރީން) ނެވެ. އަދި އަހަރުމެންގެ މިމަގަކީ މަތިވެރިވެގެންވާ އަދި ޝަރަފް ލިބިގެންވާ މަގެކެވެ.  އަހަރުމެންގެ ގައިގާ ކަސްދޮޅު އަޅުވައި ހައްޔަރު ކުރިއަސް، އެއަކަށް ފަރުވާލެއް ނެތެވެ. އެހެނެއްކަމަކު އަހަރުމެންގެ ގޮތުގައި އަބަދުވެސް އަހަރުމެން ޘާބިތުވެ ދެމިތިބޭނަމެވެ. ފަހެ މުޅިން އާފެށުމަކުން އަނެއްކާވެސް އަލުން ޖިހާދުކޮށް ހަނގުރާމަކޮށް ޤިތާލުކޮށް ހަދާނަމެވެ. އަޅުންގެ މިދުނިޔޭގައި ބީރައްޓެހިންނަށް މިނިވަންކަންވަނީ މިހެންނެވެ. އަހަރުމެން އުފާވެރިކަމުގައި ހޭދަކުރި ދުވަސްތައް ހަނދާންވަނީ ކިހާވަރަކަށް ހެއްޔެވެ. ފަހެ ހެނދުނާއި ހަވީރު ﷲ ތަޢާލާގެ ފޮތުން އަހަރުމެން އެ ކިޔަވަމެވެ. ބީރައްޓެހިންނަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްފުޅު ކުރައްވާފައި ވެއެވެ. “އިސްލާމްދީން ފެށިގެން އައީ ބީރައްޓެހި ކޮށެވެ. އަދި އެދީން ފެށުނު ގޮތަށް، އަލުން އެނބުރި ބީރައްޓެހިކަމަށް ރުޖޫޢަވާނެއެވެ. ދަންނައެވެ. ބީރައްޓެހިންނަށް އުފާވެރިކަން ހުއްޓެވެ.”

އިޝްތިހާރު Below Header ad

“ޢަރިބި މަހަޙަ އެއްގެ ތަރުޖަމާއެއް-

ޢަރަބި މަދަޙަ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.