މޯލްޑިވްސް ފުޓްބޯލް އެވޯޑަށް ވާދަކުރާ އެންމެ މޮޅު 5 ކޯޗުންގެ ނަންތައް އިއުލާންކޮށްފި

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ފުޓްބޯޅަ ހަބަރުތަށް ގެނެސްދޭ “މޯލްޑިވްސްފުޓްބޯލް ޑޮޓް ކޮމް” ގުޅިގެން ދިނުމަށް ނިންމާފައިވާ މޯލްޑިވްސް ފުޓްބޯލް އެވޯޑަށް ވާދަކުރާ އެންމެ މޮޅު ފަސް ކޯޗުންގެ ނަން އިއުލާންކޮށްފިއެވެ.

އެންމެ މޮޅު ކޯޗަށް ދޭ މި އެވޯޑަށް ވާދަކުރާ ފަސް ކޯޗުންނަކީ ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗު މުހައްމަދު ނިޒާމް އާއި، ކްލަބް އީގަލްސްގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތި) އާއި މާޒިޔާގެ ކުރީގެ ކޯޗު އަލީ ސުޒޭން އާއި، ޔުނައިޓެޑް ވިކްޓްރީގެ ކޯޗު އަހުމަދު އާތިފްގެ އިތުރުން  ވެލެންސިއާގެ ކޯޗު މުހައްމަދު އިގްބާލްއެވެ.

މި އެވޯޑް ހަފްލާގައި އެންމެ މޮޅު ކޯޗުގެ އިތުރުން އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އާއި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ އިތުރުން އެންމެ އުންމީދީ ޒުވާން ކުޅުންތެރިޔާ ވެސް ހޮވުމަށް ވަނީ ހަމަޖެހިފައެވެ.

އިޝްތިހާރު Below Header ad

މި އެވޯޑަށް ވާދަކުރާ މަގާމުތަށް ހޮވާނީ ފުރަތަމަ ޑިވިޝަނުގައި ހިމެނޭ ޓީމުތަކުގެ ކެޕްޓަނުންނާއި ކޯޗުންގެ އިތުރުން ދެވަނަ ޑިވިޝަނުގެ ޓީމުތަކުގެ ކޯޗުންނާއި އަދި ކުޅިވަރު ނޫސްވެރިންގެ މެދުގައި ލާ ވޯޓުންނެވެ. މި އެވޯޑު ހަފްލާ އޮންނާނީ މި މަހުގެ 29 ވާ ބުރާސްފަތި ދުވަހުގެ ރޭގައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.