މީރާގެ މުވައްޒަފުން ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް ބޭނުންވާ ތަކެތި ހަދިޔާކޮށްފި

ހުޅުމާލޭގެ ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް ބޭނުންވާ ގިނަ ޢދަދެއްގެ ތަކެތި މީރާ ގެ މުވައްޒަފުންގެ ފަރާތުން ހަދިޔާކޮށްފިއެވެ.

މީރާގެ މުވައްޒަފުން ކޮންމެ އަހަރަކުވެސް ހިންގަމުންދާ އިޖުތިމާޢީ ޒިންމާގެ ހަރަކާތްތަކުގެ ތެރެއިން މިދިޔަ ހޮނިހިރު ދުވަހު ހަވީރު ފިޔަވަތީގައި ބޭއްވި މި ހަރަކާތުގައި މީރާގެ މުވައްޒަފުން ވަނީ ފިޔަވަތީގައި ތިބި ކުދިންނާއެކު، އެކި ކުޅިވަރުތައް ހިމެނޭ ގޮތަށް، އުފާވެރި ކުޑަކުދިންގެ ހަވީރެއް ކުރިއަށް ގެންގޮސްފައެވެ.

އިޝްތިހާރު Below Header ad

މި ހަވީރުގައި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުޙައްމަދާއި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް ހަސަން ޒަރީރާއި މީރާގެ މުވައްޒަފުންނާއި މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު ޒާހިދާއި އެގްޒެކެޓިވް ކޯޑިނޭޓަރ މުންޒިރު އިސްމާޢީލާއި ފިޔަވަތީގެ ސީ.އީ.އޯ ފާތިމަތު ޝިޔާމާ އާއި ފިޔަވަތީގެ އިސްވެރިންނާއި މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.

މި ހަރަކާތާ ގުޅޭގޮތުން ކޮމިޝަނަރ ޖެނެރަލް ޔަޒީދު މުޙައްމަދު ވިދާޅުވީ މިފަދަ ހަރަކާތްތަކަކީ މީރާގެ މުވައްޒަފުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބިގެން މުވައްޒަފުންގެ ދީލަތި އެހީއާއެކު ކުރިއަށް ގެންދާ ހަރަކާތްތަކެއް ކަމަށާއި އިޖުތިމާއީ މިފަދަ ގިނަ ހަރަކާތްތައް މީރާ ކްލަބުންނާއި މީރާގެ މުވައްޒަފުން ކޮންމެ އަހަރަކުވެސް ރާވައި ހިންގަމުން ގެންދާ ކަމަށެވެ.

ފިޔަވަތީގެ ސީ.އީ.އޯ ފާތިމަތު ޝިޔާމާ ވިދާޅުވީ މީރާއަކީ މުޖުތަމަޢަށް އެހީތެރިވުމުގައި ނަމޫނާ މުއައްސަސާއެއް ކަމަށާއި މީރާގެ މުވައްޒަފުންގެ ފަރާތުން ކޮންމެ އަހަރަކުވެސް ލިބިގެންދާ އެހީތަކަކީ މިފަދަ ތަންތަން ހިންގުމަށް ލިބިގެންދާ ވަރަށް ބޮޑު އެހީތެރިކަމެއް ކަމަށެވެ. އަދި އެކަމަށްޓަކައި އޭނާވަނީ މީރާގެ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފައެވެ.

މި އަހަރުގެ ހަރަކާތުގައި މީރާގެ މުވައްޒަފުންގެ ފަރާތުން 50،000 އަށްވުރެ ގިނަ ރުފިޔާގެ ތަކެތި ވަނީ ފިޔަވައްޗަށް ހަދިޔާކޮށްފައެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.