ދުޅަވުން ކުޑަކުރުމަށް މިގޮތަށް ބްރެކްފާސްޓެއް ނެގުން ވަރަށް މުހިންމު

ހިތުގެ ދުޅަހެޔޮކަމަށް އެހީތެރިވެދޭ، ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކޮށްދޭ ހެނދުނުގެ ނާސްތާގެ 9 ޚިޔާލެއް

ހަށިގަނޑުގެ ދުޅަހެޔޮކަން ދަމަހައްޓައި އިންފްލެމޭޝަން (ދުޅަވުން) ކުޑަކޮށްދޭ ފަދަ ކާނާ ހިމެނޭ ނާސްތާއެއް ބޭނުންކުރުމަކީ ހިތުގެ ސިއްހަތަށާއި މުޅި ހަށިގަނޑުގެ ދުޅަހެޔޮކަމަށް ނުހަނު ފައިދާހުރި ކަމެކެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އިންފްލެމޭޝަން ކުޑަކޮށްދޭ ނާސްތާގެ ބައެއް ބާވަތްތަކުގެ ތެރޭގައި ޒުކިނީ އަދި ސްޕިނިޗް ފްރިޓާޓާ، އާފަލާއި ފޮނިތޮށި ހިމެނޭ އޯޓްސް އަދި ގޭގައި ތައްޔާރުކުރާ ބުރީޓޯ ހިމެނެ އެވެ.

މިފަދަ ނާސްތާއެއްގައި މައިގަނޑު ގޮތެއްގައި ހިމަނަންވާނީ ޕްރޮސެސް ނުކުރާ ގުދުރަތީ ތާޒާ ބާވަތްތަކެވެ. މީގެ ސަބަބުން ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުވެ ޚާއްޞަކޮށް ހިތުގެ ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދެ އެވެ. ތިރީގައިވަނީ ފަސޭހައިން ތައްޔާރުކޮށްލެވޭނެ ބައެއް ބާވަތްތަކެވެ.

  1. މޭވާ ހިމެނޭ ޗިއާ ސީޑް ޕުޑިންގް
    މިއީ ޕްރޮޓީންއިން މުއްސަނދި ނާސްތާއެކެވެ. 3 ސަމްސާ ޗިއާ ސީޑް، ބައި ޖޯޑު ސޯޔާ މިލްކް (ހަކުރު ނާޅާ) އަދި ކުޑަ ގްރީކް ޔޯގަޓްކޮޅެއް އެއްކޮށްލާށެވެ. މީގެ މައްޗަށް ބެރީޒްގެ ބާވަތްތައް އެޅުމުން އޮމެގާ-3 އާއި ޕްރޯބަޔޮޓިކްސްގެ ފައިދާ ލިބޭނެ އެވެ.
  2. ކޭލް އަދި އެވަކާޑޯ ސްމޫތީ
    ކޭލް އަކީ ވިޓަމިން އޭ، ސީ އަދި އެންޓިއޮކްސިޑެންޓްސް ގިނަ އަދަދަކަށް އެކުލެވޭ ފަތެކެވެ. އެވަކާޑޯއަކީ ފައިބަރާއި ހިތަށް ފައިދާހުރި ފެޓްސް ލިބިދޭ އެއްޗެކެވެ. ޔޯގަޓާއި ކުޑަ މާމުއިކޮޅެއް އެއްކޮށް ގިރުމުން ބަނޑުގެ ދުޅަހެޔޮކަމަށް އެހީތެރިވެދޭ މީރު ބުއިމަކަށް ވާނެ އެވެ. މީގެ ރަހަ އިތުރަށް ފުރިހަމަކުރުމަށް ކުޑަ މިރުސްކޮޅަކާއި، ދިރި އަދި ލުނބޯ ހުތްކޮޅެއް އެއްކޮށްލެވިދާނެ އެވެ.
  3. ސްޕިނިޗް، ބިސް އަދި ރާސްބެރީ
    ބިހަކީ ވިޓަމިން ބީ އަދި މަތީ ފެންވަރުގެ ޕްރޮޓީން އެކުލެވޭ ބާވަތެކެވެ. މީގެއާއެކު ސްޕިނިޗާއި ސަލްމަން މަސް ބޭނުންކުރުމުން ހިތަށް ފައިދާހުރި އޮމެގާ-3 ލިބޭނެ އެވެ. އަދި ރާސްބެރީ ބޭނުންކުރެވިދާނެ އެވެ.
  4. ޒުކިނީ އަދި ސްޕިނިޗް ފްރިޓާޓާ
    ޒުކިނީ އާއި ސްޕިނިޗަކީ ނިއުޓްރިޝަން ގިނަ ތަރުކާރީއެވެ. މީގައި ހަކުރު އަދި ތެޔޮ ނުހިމެނޭ އަލްމަންޑް މިލްކް ބޭނުންކުރުން ރަނގަޅެވެ. އިތުރު ފައިދާއަށްޓަކައި ކުޑަކޮށް ކޮށާފައި ހުރި އަލަ ކޮޅެއްވެސް އެއްކޮށްލެވިދާނެ އެވެ.
  5. ކޭލް، ފިޔާ އަދި ކޮޓެޖް ޗީޒް ހިމެނޭ އެގް ބައިޓްސް
    ބިހުގެ ތެރެއަށް ކޮޓެޖް ޗީޒް އެއްކުރުމުން ޕްރޮޓީން އިތުރުވެ އެވެ. މީގެ ތެރެއަށް ކުޑަކޮށް މީރުކޮށްފައި ހުރި ކޭލް ފިޔާ އަދި ރަތް ބެލް ޕެޕަރ އެއްކޮށްލުމުން ވިޓަމިން ސީ ލިބިދޭނެ އެވެ.
  6. އެވަކާޑޯ، ޕިސްޓާޗިއޯ އަދި އަަންނާރު ހިމެނޭ ޓޯސްޓް
    ޕާން މަތީގައި އެވަކާޑޯ، ޕިސްޓާޗިއޯ އަދި އަންނާރު އޮށް އަޅައިގެން ތައްޔާރުކޮށްލާށެވެ. ޕްރޮޓީން އިތުރުކުރުމަށްޓަކައި މީގެ ދަށުގައި ޔޯގަޓް ޗީޒް (ލެބްނޭ) ފަށަލައެއް ލެވިދާނެއެވެ.
  7. އާފަލާއި ފޮނިތޮށި ހިމެނޭ އޯވަނައިޓް އޯޓްސް
    އޯޓްސް، އާފަލު، ފޮނިތޮށި، ވޯލްނަޓް އަދި ގްރީކް ޔޯގަޓް އެއްކޮށްލުމަށްފަހު ރޭގަނޑު ފިނިކުރަން ބަހައްޓާށެވެ. އާފަލުން ފައިބަރު ލިބޭއިރު ވޯލްނަޓްއިން ހަށިގަނޑަށް ފައިދާހުރި ފެޓްސް އާއި އޮމެގާ-3 ލިބޭނެއެވެ.
  8. އަލަ އަދި މުގު ހިމެނޭ ބޯލް
    ފިހެފައި ހުރި އަލަ، އަރުގޫލާ ފަތް، އެވަކާޑޯ، ކަޅު މުގު އަދި ފެނުކެއްކި ބިސް ތައްޓަކަށް އަޅާލާށެވެ. މީގެ މައްޗަށް ވިޓަމިން އީ އާއި ޒިންކް ލިބިދޭ ކައްޓަފުޅި އޮށް އަޅާށެވެ. ޔޯގަޓާއި ޒައިތޫނި ތެޔޮ އަދި ލޮނުމެދު ބޭނުންކޮށްގެން ތައްޔާރުކުރާ ސޯސްއަކާއެކު މީގެ ފައިދާ އިތުރުވާނެއެވެ.
  9. ގޭގައި ތައްޔާރުކުރާ ބްރެކްފަސްޓް ބުރީޓޯ
    ބިހާއި، ކަޅު ބީންސް އަދި ޗީޒްކޮޅެއް ހޯލް ގްރެއިން ތޮއްޓިއާއެއްގައި އޮޅާލާށެވެ. މީގެ ތެރެއަށް އެވަކާޑޯ އާއި ޓޮމާޓޯ ސަލްސާ އެއްކުރުމުން އެންޓިއޮކްސިޑެންޓްސް އާއި ވިޓަމިން ސީ ލިބޭނެ އެވެ.

ތައްޔާރުކުރުމަށް ބައެއް އިރުޝާދު:

  • ރޭގަނޑު ތައްޔާރުކޮށްފައި ބެހެއްޓުން: އޯޓްސް އާއި ޗިއާ ޕުޑިންގް ރޭގަނޑު ތައްޔާރުކޮށްލުމުން ހެނދުނު ވަގުތު ސަލާމަތްވާނެއެވެ.
  • ތަރުކާރީ ކޮށާފައި ބެހެއްޓުން: ބޭނުންވާ ތަރުކާރީތައް ކުރިން ކޮށާފައި ބެހެއްޓުމުން ބިސް ތައްޔާރުކުރާއިރު ފަސޭހަވާނެއެވެ.
  • ސްމޫތީ ބޭގްސް: ބޭނުންވާ މޭވާތައް ކޮތަޅަކަށް އަޅާފައި ފްރީޒަރުގައި ބެހެއްޓުމުން ވަގުތުން ގިރާލަން ފަސޭހަވާނެއެވެ.
  • ގަނޑުކުރި މޭވާ އާއި ތަރުކާރީ: ފްރޯޒަން ބެރީޒް އާއި ބްރޮކޮލީ ނުވަތަ ސްޕިނިޗް ގަނޑުކޮށްފައި ބެހެއްޓުމުން އަވަހަށް ބޭނުންކޮށްލެވޭނެއެވެ.

ދުރުވާންޖެހޭ ތަކެތި:

  • ހަކުރާއި ފުށް ގިނަ ތަކެތި (މިސާލަކަށް ހުދު ޕާން، ފޮނި ކާނާ).
  • ލޮނު ގިނަ ޕްރޮސެސްޑް މަހުގެ ބާވަތްތައް (މިސާލަކަށް ސޮސެޖް، ބޭކަން).
  • ތެލުލާފައި ހުންނަ ތަކެތި (މިސާލަކަށް ޑޯނަޓް).

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.