އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޢިމާދުއްދީނަށް ހއ. އުތީމު ރައްޔިތުންގެ ފަރާތުން ހޫނު މަރުޙަބާއެއް ކިޔައިފި

އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގެ ސަރަޙައްދަށް ކުރަމުންދާ ފުރަތަމަ ދަތުރުގެ ތެރެއިން، އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޢިމާދުއްދީން ފުރަތަމަ ފަހަރަށް ހއ. އުތީމަށް ބަނދަރުކުރުމުން އެ ރަށު ރައްޔިތުންގެ ފަރާތުން އުޅަނދުގެ ކެޕްޓަނަށާއި ފަޅުވެރިންނަށް ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.
ސެޕްޓެންބަރު 26ވަނަ ދުވަހު އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޢިމާދުއްދީން އުތީމަށް ބަނދަރުކުރުމުން، އުތީމު ރައްޔިތުންގެ ފަރާތުން އެ ރަށުގެ ބަނދަރު ސަރަޙައްދުގައި މަރުޙަބާ ކިޔުމުގެ ގޮތުން ޘަޤާފީ ހަރަކާތްތަކާއި ފަރިވަޅެއް ވަނީ އަރުވައިފައެވެ. މި ހަރަކާތްތައް، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓީ، އޮނަރަބަލް ޙަސަން ރަޝީދާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީގެ އިތުރުން ނޮދަން އޭރިއާ ކޮމާންޑްގެ ކޮމާންޑަރ، ބްރިގޭޑިއަރ ޖެނެރަލް އިސްމާޢީލް ޝަރީފް ވަނީ އުތީމުގެ ލޮބުވެތި ރައްޔިތުންނާ އެކު ބައްލަވާލައްވާފައެވެ.
utheemu
އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޢިމާދުއްދީންގެ މި ތާރީޚީ ޒިޔާރަތުގައި އުޅަނދުގެ ކެޕްޓަން، ލެފްޓިނެންޓް ކާނަލް ސިނާން ޒާހިރާއި، ޝިޕްގެ ފަޅުވެރިން ވަނީ ކަޅުއޮށްފުންމި ބިނާއަށާއި، އައްސުލްޠާން އަލްޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމްގެ ތާރީޚީ ގެކޮޅު، އުތީމު ގަނޑުވަރަށް ޒިޔާރަތްކުރައްވާފައެވެ. އަދި ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދިފާޢުކުރުމަށް ޓަކައި ކުރެއްވި ޤައުމީ މަތިވެރި ޖިހާދުގެ ހަނދާންތައް އައުކޮށް، އެ ޖިހާދުގައި ދެއްކެވި ސާބިތުކަމާއި ވެވަޑައިގެންނެވި މަތިވެރި ޤުރުބާނީގެ އަގު ވަޒަންކޮށް އިޙްތިރާމް އަދާކުރެއްވިއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.