މެންޗެސްޓަރ ސިޓީން މާލީ ޤަވާޢިދުތަކާ ޚިލާފުވެފައިވޭ

ޔޫއޭއީގެ މިލްކުވެރިކަން އޮންނަ މެންޗެސްޓަރ ސިޓީން މާލީ ޤަވާޢިދުތަކާ ޚިލާފުވެފައިވާކަން ސާބިތުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

މި މައްސަލައިގައި އެ ކްލަބުގެ ޕޮއިންޓް އުނިކޮށް ރެލިގޭޓް ކުރުން ނުވަތަ އެންމެ ގޯސް ހާލަތެއްގައި ޕްރިމިއަރ ލީގުން ވަކިކުރުމުގެ ބިރު ވެސް އެބައޮތެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ދަ އެތުލެޓިކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މާލީ ޤަވާޢިދުތަކާ ޚިލާފުވި ކަމަށް ބުނެ މެންޗެސްޓަރ ސިޓީއާ ދެކޮޅަށް އުފުލާފައިވާ 115 ދަޢުވާގެ ތެރެއިން އެއް ދަޢުވާ ފިޔަވައި ހުރިހާ ދަޢުވާއެއް ވަނީ ސާބިތުވެފަ އެވެ.

މިއީ އިނގިރޭސި ފުޓުބޯޅައަށް ބޮޑު ސިލްސިލާ ލޮޅުންތަކެއް އަރާނެ ކަމެއްގެ ގޮތުގައި ބެލެވޭއިރު، މީގެ ސަބަބުން ޔޫއޭއީ އާއި އިނގިރޭސިވިލާތުގެ ގުޅުމަށް ވެސް ނޭދޭވޭ އަސަރުތަކެއް ކޮށްފާނެ އެވެ.

ސިޓީއާ ދެކޮޅަށް ޕްރިމިއަރ ލީގުން މި ދަޢުވާތައް އުފުލީ 2009 އާއި 2018 އާ ދެމެދު ހިނގާފައިވާ ކަމަށް ބުނާ މައްސަލަތަކެއް ތަޙްޤީޤް ކުރުމަށްފަހު 2023 ވަނަ އަހަރު އެވެ.

އެ ކްލަބުގެ މައްޗަށް ތުހުމަތު ކުރެވެނީ މާލީ މަޢުލޫމާތުތައް ޞައްޙަކޮށް ހުށަހަޅާފައި ނުވުމާއި، ކުޅުންތެރިންނާއި ކޯޗުންނަށް ދިން ފައިސާގެ ތަފްސީލުތައް ފޮރުވުމުގެ އިތުރުން މާލީ ޤަވާޢީިދުތަކާ ޚިލާފުވުމެވެ.

ދަ އެތުލެޓިކުން ބުނާ ގޮތުގައި، މިހާތަނަށް އެއްވެސް އަދަބެއް ކަނޑައަޅާފައި ނުވާއިރު ސިޓީން ދަނީ މި ނިންމުން އިސްތިއުނާފު ކުރުމަށް ތައްޔާރުވަމުންނެވެ.

ނަމަވެސް ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިސްތިއުނާފު މަރުހަލާ ނިމުމުގެ ކުރިން ޕެނަލްއިން ކަނޑައަޅާ އަދަބު ޢާންމުކުރާނެ އެވެ.

މި ކުށްތައް ސާބިތުވެއްޖެނަމަ، ސިޓީއަށް ކުރިމަތިލާންޖެހޭނެ އަދަބުތަކުގެ ތެރޭގައި ޕޮއިންޓް އުނިކޮށް ރެލިގޭޓް ކުރުމާއި، ބޮޑެތި ޖޫރިމަނާތަކެއް ކުރުން ނުވަތަ އެންމެ ހަރުކަށި ފިޔަވަޅެއްގެ ގޮތުން ޕްރިމިއަރ ލީގުން ވަކިކުރުން ހިމެނެ އެވެ.

މި މައްސަލަ އުފެދުނު 2017-18 އާ ހަމައަށް ހިނގި މުއްދަތުގެ ތެރޭގައި އެ ކްލަބުން ވަނީ ތިން ޕްރިމިއަރ ލީގު ތައްޓާއި، ތިން ލީގު ކަޕްގެ އިތުރުން އެފްއޭ ކަޕެއް ކާމިޔާބުކޮށްފަ އެވެ.

ހުކުރު ދުވަހު ދަ އެތުލެޓިކުން ރިޕޯޓުކުރި ގޮތުގައި، ޕްރިމިއަރ ލީގުގެ އެހެން ކްލަބުތަކުން ދަނީ މި މައްސަލައިގައި ޤާނޫނީ ފިޔަވަޅު އެޅުމަށް ތައްޔާރުވަމުންނެވެ. އަދި ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ކުރެވިދާނެ ކަންކަން ދެނެގަތުމަށް ބައެއް ޓީމުތަކުން ވަނީ މަޝްހޫރު ޤާނޫނީ ވަކީލުންގެ އެހީތެރިކަން ހޯދަން ފަށާފަ އެވެ.

ޤާނޫނީ ފާމްތަކުން ކްލަބުތަކަށް މަޢުލޫމާތު ދެމުންދަނީ ސިޓީން ޤަވާއިދާ ޚިލާފުވިކަން ސާބިތުވެއްޖެނަމަ، ބަދަލު ހޯދުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

މެންޗެސްޓަރ ސިޓީގެ މިލްކުވެރިޔަކީ ޔޫއޭއީގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި ވައިސް ޕްރެޒިޑެންޓް ޝެއިޚް މަންސޫރު ބިން ޒައިދު އަލް ނަހްޔާނެވެ.

އެމަނިކުފާނު 2008 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު މި ކްލަބު ބައްލަވައިގަތީ ގާތްގަނޑަކަށް 200 މިލިއަން ޕައުންޑަށެވެ. ޝެއިޚް މަންސޫރުގެ މިލްކުވެރިކަމުގެ ދަށުން ސިޓީ ވަނީ އިނގިރޭސި ފުޓުބޯޅައިގެ އެންމެ ވަރުގަދަ ބާރަށް ވެފަ އެވެ.

ވޭތުވެދިޔަ 15 އަހަރު ތެރޭގައި އެ ކްލަބުން ވަނީ އަށް ޕްރިމިއަރ ލީގު، ހަތަރު އެފްއޭ ކަޕް، ހަތް ލީގު ކަޕް އަދި އެއް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ.

މެންޗެސްޓަރ ސިޓީގެ މާލީ މައްސަލަތަކުގެ ތަޙްޤީޤް ފެށުނީ 2018 ވަނަ އަހަރު ޖަރުމަނުގެ ”ޑިއަރ ޝްޕީގަލް“ ނޫހުން ލީކުކޮށްލި ލިޔެކިޔުންތަކަކާ ގުޅިގެންނެވެ.

އެ ލިޔެކިޔުންތަކުގައިވާ ގޮތުން، އަބޫދާބީގެ ދައުލަތުގެ އެއަރލައިން ”އިއްތިހާދު“ އާއި ޓެލެކޮމް ކުންފުނި ”އިއްތިސާލާތު“ މެދުވެރިކޮށް ލިބުނު ސްޕޮންސަރޝިޕް އާމްދަނީ ވަނީ އޮޅުވާލާފަ އެވެ. އަދި ޝެއިޚް މަންސޫރުގެ ”އަބޫދާބީ ޔުނައިޓެޑް ގްރޫޕް“ އިން ސީދާ ގޮތެއްގައި ކުރި އިންވެސްޓްމަންޓްތަކަކީ އާމްދަނީގެ ގޮތުގައި ދައްކާފައިވާ ކަމަށް ތުހުމަތު ކުރެވެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.