ސަޢޫދީ ތެޔޮ ހޮޅިއަކަށް ދިން ހަމަލާގެ ސަބަބުން ދުނިޔޭގެ ތެޔޮ ހަތަރު ޕަސަންޓް މެދުކެނޑިދާނެ

ސަޢޫދީ ޢަރަބިއްޔާގެ ތެޔޮ ހޮޅިއަކަށް ދިން ހަމަލާއެއްގެ ސަބަބުން ދުނިޔޭގެ ތެޔޮ ސަޕްލައިގެ ހަތަރެއް އިންސައްތަ މެދުކެނޑިދާނެ ކަމަށް ބެލެވެ އެވެ.

ހޮރްމޫޒް ކަނޑުއޮޅި ނޫން މަގަކުން ތެޔޮ ފޮނުވުމަށް ބޭނުންކުރާ މުހިންމު މި ހޮޅިއަށް ޑްރޯން ބޭނުންކޮށްގެން ދިން ހަމަލާއާ ގުޅިގެން ލިބުނު ގެއްލުންތައް މަރާމާތުކުރުމަށް ފަސް ހަފުތާއާ ހަ ހަފުތާއާ ދެމެދުގެ މުއްދަތެއް ސަޢޫދީން ހޭދަކުރަންޖެހިދާނެ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ރޮއިޓާސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ސަޢޫދީ ޢަރަބިއްޔާގެ އީސްޓް-ވެސްޓް ޕައިޕްލައިނަށް ދިން މި ހަމަލާގެ ސަބަބުން ދުނިޔޭގެ ބާޒާރަށް ނެރޭ ތެލުގެ ގާތްގަނޑަކަށް ހަތަރެއް އިންސައްތަ އުނިވެގެންދާނެ އެވެ.

މި ހާދިސާއާ ގުޅިގެން ބައިނަލްއަޤްވާމީ މިންގަނޑެއް ކަމަށްވާ ބްރެންޓް ކުރޫޑްގެ އަގު ހޯމަ ދުވަހު ތިން އިންސައްތަ މައްޗަށް ގޮސް، ފީފާއެއްގެ އަގު 108 ޑޮލަރަށް ވަނީ އަރާފަ އެވެ.

ޔަމަނުގެ ހޫޘީން ދިން ކުއްލި ހަމަލާތަކެއްގައި ރަތްކަނޑުގެ މުހިންމު ސަރަހައްދެއް ކަމަށްވާ ބާބުލް މަންދަބްގެ ޔަމަނު ފަޅި އެމީހުންގެ ކޮންޓްރޯލްގެ ދަށަށް ގެނައުމާ ގުޅިގެން، މިދިޔަ ހަފުތާގައި ވެސް ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ.

ނަމަވެސް ބްރެންޓް ކުރޫޑްގެ އަގަށް އައި ބަދަލަށްވުރެ ބޮޑު އަގެއް ކަސްޓަމަރުން ތެލަށާއި، ޚާއްޞަކޮށް ޑީސަލް ފަދަ އުފެއްދުންތަކަށް ދައްކަންޖެހެ އެވެ.

ޔޫރޭޝިއާ ގްރޫޕްގެ ހަކަތައާ ބެހޭ މާހިރެއް ކަމަށްވާ ގްރެގަރީ ބްރޫ ”އެކްސް“ ގައި ހާމަކުރެއްވި ގޮތުގައި، އޯމާން އިން ވިއްކާ ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު މިހާރު ހުރީ 121 ޑޮލަރުގަ އެވެ. އަދި ޔޫއޭއީގެ ފުޖައިރާ ބަނދަރުން ބޭރުކުރާ މުރްބާން ކުރޫޑް ފީފާއެއްގެ އަގު ވަނީ 131 ޑޮލަރަށް އުފުލިފަ އެވެ.

ތެލުގެ އަގަށް މި އައި ބޮޑު ބަދަލަކީ ދުނިޔޭގެ އިޤްތިޞާދަށް އިންފްލޭޝަނާއި ލޯނު ނެގުމުގެ ޚަރަދުތައް ބޮޑުވެފައިވާ ދަނޑިވަޅެއްގައި ކުރިމަތިވި ގޮންޖެހުމެކެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހޯމަ ދުވަހު ވިދާޅުވީ، ޑީސަލްގެ އަގު ބޮޑުވީ އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ސަބަބުން ނޫން ކަމަށާއި، އެއީ ރަޝިއާ އާއި ޔޫކްރޭނުން އެއްބަޔަކު އަނެއްބައެއްގެ ހަކަތަ އުފައްދާ ވަސީލަތްތަކަށް ދޭ ހަމަލާތަކުގެ ސަބަބުން ކަމަށެވެ. އަދި އެ ހަމަލާތައް މެދުކަނޑާލުމަށް އެ ދެ ޤައުމުން އެއްބަސްވެފައިވާ ކަމަށްވެސް ޓްރަމްޕް ބުނެފައިވެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.