ހޫޘީންގެ ހަމަލާތަކުގެ ސަބަބުން ޕާކިސްތާނާއި ސަޢޫދީ ދެމެދު އޮތް ދިފާޢީ އެއްބަސްވުމުގައި ހުރި ގޮންޖެހުންތައް ހާމަވެއްޖެ

ހޫޘީންގެ ހަމަލާތަކުގެ ސަބަބުން ޕާކިސްތާނާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮތް ދިފާއީ އެއްބަސްވުމުގައި ހުރި ގޮންޖެހުންތައް ހާމަވެއްޖެ އެވެ.

މި ހަމަލާތަކަކީ އެއްބަސްވުމުގެ ދަށުން، ގުޅިގެން ދިފާޢުވުމަށް މައްކާ އެއްބަސްވުމުގައި ވެފައިވާ ވަޢުދާއި، އެއްބަސްވުމުގެ ބައިވެރިންގެ މެދުގައި އަސްކަރީ ރޭވުންތެރިކަން ނެތުމުގެ ސަބަބުން އުފެދިފައިވާ ދުރުމިން ހާމަވެގެންދިޔަ ފުރަތަމަ އިމްތިހާނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ވޮޝިންޓަނާއި ތެހެރާނާ ދެމެދު މަޝްވަރާތައް ބޭއްވުމަށް މަގުފަހިކޮށްދީ، ސަރަހައްދީ މެދުވެރިއެއްގެ ދައުރު އަދާކުރުމަށްފަހު، ޕާކިސްތާނުގެ ޚާރިޖީ ސިޔާސަތުގައި މިދިޔަ މަހު ވަނީ މުހިންމު ފިޔަވަޅެއް އަޅާފަ އެވެ.

އެއީ އިސްލާމްދީނުގެ އެންމެ މުގައްދަސް ބިނާ ހުރި މައްކާގައި ސަޢޫދީ ޢަރަބިއްޔާ އަދި ތުރުކީއާއެކު ތިން ޤައުމު ބައިވެރިވާ ދިފާޢީ އެއްބަސްވުމެއްގައި ސޮއިކުރުމެވެ.

އޮގަސްޓް 7 ގައި ސޮއިކުރި މި ”ޖޮއިންޓް ޑިފެންސް އެގްރީމަންޓް“ ގައި ބަޔާންކޮށްފައިވަނީ، އެއްބަސްވުމުގައި ސޮއިކުރި އެއްވެސް ޤައުމަކަށް ދޭ ހަމަލާއަކީ ހުރިހާ ޤައުމަކަށް ދޭ ހަމަލާއެއްގެ ގޮތުގައި ބަލާނެ ކަމަށެވެ. މިއީ ނޭޓޯގެ ފަސްވަނަ މާއްދާއާ އެއްފަދަ ނިންމުމެއްގެ ގޮތުގައި ސިފަކުރެވުނު ނަމަވެސް، މުހައްލިލުން ވަނީ މި މާއްދާގެ މާނަ އަކުރުން އަކުރަށް ނުނެގުމަށް އިރުޝާދު ދެއްވާފަ އެވެ.

މި އިޤްރާރުގެ ވަރުގަދަކަން ސެޕްޓެމްބަރު 8 ގައި ވަނީ އިމްތިހާނު ކުރެވިފަ އެވެ. އެ ދުވަހު އީރާނުގެ މަދަދު ލިބޭ ހޫޘީ ހަނގުރާމަވެރިން ވަނީ ސަޢޫދީ ޢަރަބިއްޔާގެ އަސްކަރީ އަދި ހަކަތައާ ބެހޭ މުހިންމު މަރުކަޒުތަކަކަށް ޑްރޯން އަދި މިސައިލް ހަމަލާތަކެއް ދީފަ އެވެ.

މިއާއެކު، އެއްބަސްވުމުގައި އޮތް ނަޒަރީ ވަޢުދު، ޢަމަލީ ގޮތުން ފިޔަވަޅު އަޅަންޖެހޭ ފަދަ ނާޒުކު ހާލަތަކަށް ބަދަލުވި އެވެ.

ނަމަވެސް، އިސްލާމްއާބާދުން ނުވަތަ އަންކާރާއިން ވެސް ރިޔާޒާއެކު އަސްކަރީ އޮޕަރޭޝަނެއް ފަށާފައެއް ނުވެ އެވެ. އޭގެ ބަދަލުގައި އެ ޤައުމުތަކުން އިޚްތިޔާރުކުރީ ހަމައެކަނި ޚާރިޖީ ގޮތުން ވަރުގަދަ ބަޔާންތަކެއް ނެރުމަށެވެ.

ޕާކިސްތާނަށް ކުރިމަތިވެފައިވަނީ ސީރިއަސް މައްސަލައެކެވެ. އެއީ މެދުއިރުމަތީގެ ފުޅާ ހަނގުރާމައެއްގެ ތެރެއަށް ނުވަދެ، ސަޢޫދީ ޢަރަބިއްޔާއަށް ވެފައިވާ ސަލާމަތީ ވަޢުދުތައް ފުރިހަމަކުރާނީ ކިހިނެއްތޯ އުފެދޭ ސުވާލެވެ. ހޫޘީންގެ ހަމަލާއަށްފަހު ޕާކިސްތާނުގެ ޑިފެންސް މިނިސްޓަރު ޚަވާޖާ މުހައްމަދު އާސިފް މީޑިއާތަކަށް ވިދާޅުވީ، ޕާކިސްތާނުން މި އެއްބަސްވުމުގެ ޝަރުތުތަކަށް ބޯލަނބާނެ ކަމަށާއި، ބޭނުންޖެހިއްޖެ ހާލަތެއްގައި އެކަންކަން ފުރިހަމަކުރާނެ ކަމަށެވެ.

އެހެންނަމަވެސް، ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ސައްޖާދު ހައިދަރު ޚާން ވިދާޅުވީ، ހޫޘީންނާ ދެކޮޅަށް ސީދާ އަސްކަރީ ފިޔަވަޅެއް އެޅުމާ ބެހޭގޮތުން އެއްވެސް މަޝްވަރާއެއް ކުރެވެމުން ނުދާ ކަމަށެވެ. ސެޕްޓެމްބަރު 10 ގައި އިސްލާމްއާބާދުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވިދާޅުވީ، ޕާކިސްތާނުން ގުޅިފައިވާ ދިފާއީ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަމީ ޙަޤީޤަތެއް ނަމަވެސް، މިވަޤުތު އެފަދަ އެއްވެސް މަޝްވަރާއެއް ކުރިއަށް ނުދާ ކަމަށެވެ.

މި ރައްދުތަކުން ހާމަވަނީ ސިޔާސީ އެއްބާރުލުމާއި ޢަމަލީ އަސްކަރީ ފިޔަވަޅާ ދެމެދު އޮތް ބޮޑު ތަފާތެވެ. މިއީ ޕާކިސްތާނުން ސަޢޫދީއާއެކު އޮތް ގުޅުމާއި، އަވަށްޓެރި އީރާނާއެކު އޮތް ނާޒުކު ގުޅުން ހަމަހަމަކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ފެނިގެންދިޔަ ކަމެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.