ގަންގާ ކޯރުގެ ފެންބޮޑުވެ ނުރައްކާތެރި ޙަލަތަކަށް

ގަންގާ ކޯރުގެ ފެންބޮޑުވުމުގެ އެންމެ މަތީ މިންގަނޑަށްވުރެ މައްޗަށް ގޮސްފި ތިރި ސަރަހައްދުތަކަށް ފެންބޮޑުވުމުގެ ބިރު ބޮޑުވެއްޖެ  އެވެ.

ބިހާރަށް ކުރަމުންދާ ބޯ ވާރޭގެ ސަބަބުން ޕަޓްނާގެ ގާންދީ ގާޓް ސަރަހައްދުގައި ގަންގާ ކޯރުގެ ފެންގަނޑު މިހާތަނަށް ރިކޯޑު ކުރެވިފައިވާ އެންމެ މަތީ މިންގަނޑަށްވުރެ މައްޗަށް އަރައިފި ކަމަށް ރަސްމީ އިދާރާތަކުން ހާމަކޮށްފި އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ހޮނިހިރު ދުވަހުގެ ހެނދުނު ހަތަރު ގަޑިއިރުގެ ތެރޭގައި ކޯރުގެ ފެންގަނޑު ވަނީ 10 ސެންޓިމީޓަރު މައްޗަށް އުފުލިފަ އެވެ.

ވޯޓަރ ރިސޯސަސް ޑިޕާޓްމަންޓް އިން ބުނި ގޮތުގައި، ހޮނިހިރު ދުވަހުގެ ހެނދުނު 10:00 ޖެހިއިރު ފެންގަނޑު ހުރީ އެންމެ މަތީ މިންގަނޑަށްވުރެ 1 ސެންޓިމީޓަރު މަތީގަ އެވެ.

އެއީ ގާންދީ ގާޓް ސަރަހައްދުގައި 50.53 މީޓަރެވެ. ޕީ.ޓީ.އައި އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ޑިޕާޓްމަންޓުން ނެރުނު އެންމެ ފަހުގެ ބުލެޓިންގައި ބުނެފައިވަނީ ކުރިއަށް އޮތް ވަގުތުތަކުގައި ވެސް ފެންގަނޑު އިތުރަށް އުފުލޭނެ ކަމަށް ލަފާކުރެވޭތީ ޙާލަތު އިތުރަށް ގޯސްވެދާނެ ކަމަށެވެ.

ލަފާކުރެވޭ ގޮތުގައި އާދީއްތަ ދުވަހުގެ ހެނދުނު 8:00 އާ ހަމައަށް ފެންގަނޑު 50.62 މީޓަރަށް އުފުލޭނެ އެވެ. އެހެންކަމުން ޢާންމުން ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ކޯރުގެ ފެންގަނޑު އުފުލުމާ ގުޅިގެން ޕަޓްނާގެ ތިރި ސަރަހައްދުތަކުގައި ފެންބޮޑުވެދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފަ އެވެ. ބިހާރާއި އަވަށްޓެރި ނޭޕާލަށް ކުރަމުންދާ ބޯ ވާރޭގެ ސަބަބުން އެ ސަރަހައްދުގެ ގިނަ ކޯރުތަކެއް ވަނީ ނުރައްކާތެރި މިންގަނޑަށްވުރެ މައްޗަށް އުފުލިފަ އެވެ.

މީގެ ތެރޭގައި ގަންގާ، ގަންޑަކް، ކޯސީ، ބުރީ ގަންޑަކް، ބަގްމަތީ، ޕުންޕުން އަދި ގާގްރާ ކޯރު ހިމެނެ އެވެ.

ބިހާރުގެ ޗީފް މިނިސްޓަރު ސަމްރާތު ޗައުދަރީ ހުކުރު ދުވަހު ވަނީ ވައިގެ މަގުން މި ސަރަހައްދުތައް ބައްލަވާލައްވައި، އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތައް ރިވިއު ކުރައްވާފަ އެވެ. އަދި ހާލުގައި ޖެހިފައިވާ ޢާއިލާތައް ދެނެގަނެ، އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ވަގުތުން ފޯރުކޮށްދިނުމަށް އޮފިޝަލުންނަށް ވަނީ އަމުރުކުރައްވާފަ އެވެ.

މީގެ އިތުރުން، ކޯރުގެ އައްސޭރިފަށުގެ ސަރަހައްދުތައް ގިރުމާއި ފެންގަނޑު ބޮޑުވެގެން އަތުވެދާނެ ނުރައްކަލަކުން ސަލާމަތްވުމަށްޓަކައި ބަކްސަރާއި ބާގަލްޕޫރާ ދެމެދުގައިވާ ސަރަހައްދުތައް މެދުނުކެނޑި މޮނިޓަރ ކުރުމަށް ވެސް ވަނީ އިރުޝާދު ދެއްވާފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.