ސައިބަރ ކުށްތަކުން ރައްކާތެރިކުރުވުމަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް މިލަންދޫގައި ކުރިއަށް ގެންގޮސްފި

އިންޓަނެޓާއި ޑިޖިޓަލް އެކި ވަސީލަތްތައް ބޭނުންކުރުމުގައި ރައްކާތެރިވުމަށް އަހުލުވެރިކުރުވުމުގެ ގޮތުން ”ސައިބަރ ކްރައިމް އެވެއަރނެސް“ ގެ ނަމުގައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ށ. މިލަންދޫގައި ކުރިއަށް ގެންގޮސްފިއެވެ.

މި ޕްރޮގްރާމަކީ ސައިބަރ ކްރައިމް ސެންޓަރާއި، މިލަންދޫ ފުލުހުންނާއި، އެ ރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ މި އޮގަސްޓު މަހުގެ 20 ވަނަ ދުވަހުއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ޕްރޮގްރާމްގެ މަގުސަދަކީ އިންޓަނެޓްގެ ޒަރީއާއިން ހިންގާ އެކި ކުށްތަކުން ރައްކާތެރިވާނެ ގޮތްތަކާއި، ޑިޖިޓަލް ދުނިޔޭގައި އަމިއްލަ މައުލޫމާތާއި ފައިސާގެ ރައްކާތެރިކަން ދަމަހައްޓާނެ ގޮތުގެ މައުލޫމާތު ފޯރުކޮށްދިނުމެވެ.

މި ޕްރޮގްރާމަށް މިލަންދޫގެ ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ. އެގޮތުން، ރަށުގެ ގިނަ އަދަދެއްގެ އާންމު ރައްޔިތުންނާއި، ބެލެނިވެރިންގެ އިތުރުން ރަށުގެ އެކި މުއައްސަސާތަކުގެ މުވައްޒަފުން މި ސެޝަންގައި ބައިވެރިވެ މައުލޫމާތު ހޯދާފައިވެއެވެ.

މިފަދަ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކަކީ ޓެކްނޮލޮޖީގެ ކުރިއެރުމާއެކު އަންނަ ނުރައްކާތަކުން މުޖުތަމައު ސަލާމަތްކުރުމުގެ މަގުސަދުގައި ދިވެހި ފުލުހުންގެ ޚިދުމަތުން އިސްނަގައިގެން ކުރިއަށް ގެންދެވޭ ޕްރޮގުރާމްތަކެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.