ދެ ރަށެއްގައި ހޭންޑްބޯލް ކޯޓު ތަރައްޤީ ކުރަން ސޮއިކޮށްފި

މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު އަދި ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ހޭންޑްބޯލް ކޯޓު ތަރައްޤީކުރުމުގެ މަސައްކަތްކުރުމަށް ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ އާއި މެގަލިންކްސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

ހޭންޑްބޯލް ކޯޓު ތަރައްޤީ ކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ހޭންޑްބޯލް ކޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ މެގަލިންކްސް ޕްރައިވެޓް ލިމިޓެޑާ އެވެ.

ހޭންޑްބޯލް ކޯޓު ތަރައްގީކުރުމުގެ އެއްބަސްވުމުގައި ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު ފަޔާޒު އެވެ. އަދި މެގަލިންކްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖަރ އިސްމާޢިލް ޝާކިރު އެވެ.

މެގަލިންކްސްއާއި މި މަސައްކަތް ޙަވާލުކޮށްފައިވަނީ މަސައްކަތް ފަށާ ތާރީޚުން ފެށިގެން 90 ދުވަހުގެ ތެރޭގައި

މަސައްކަތް ނިންމުމަށެވެ.

މިމަސައްކަތުގެ ޖުމުލަ އަގަކީ އެއްމިލިއަން ހަލައްކަ ނުވަދިހަ ފަސްހާސް ފައްސަތޭކަ ތިންރުފިޔާ ފަންސާސް ހަ ލާރި އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.