
ލެކްނޯ ރިޒޯޓް ވޮލީ ޗެމްޕިއަންޝިޕް 2026ގެ ނިންމުމުގެ ރަސްމިއްޔާތު ނައިބު ރައީސް ޝަރަފުވެރިކޮށްދެއްވައިފި
ލެކްނޯ ރިޒޯޓް ވޮލީ ޗެމްޕިއަންޝިޕް 2026 ގެ ފައިނަލް މެޗާއި މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ޝަރަފުވެރިކޮށްދެއްވައިފި އެވެ.
ވަން އެންޑް އޮންލީ ރީތި ރަށް މޯލްޑިވްސް ގައި ކުރިއަށްގެންދިޔަ މި މެޗު ފެއްޓުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ލެކްނޯ ރިޒޯޓް ވޮލީ ޗެމްޕިއަންޝިޕް 2026 ގެ ޓްރޮފީ ތަޢާރަފުކޮށްދެއްވާފަ އެވެ. އަދި އެމަނިކުފާނު ވަނީ، މެޗުގައި ބައްދަލުކުރި ދެ ޓީމު، ވަން އެންޑް އޮންލީ ރީތި ރަށް ރިޒޯޓާއި ބަނޑޮސް އައިލެންޑް ރިޒޯޓުގެ ކުޅުންތެރިންނާއި މެޗުގެ އޮފިޝަލުންނާ ސަލާމްކުރައްވާފަ އެވެ.
ފޯރިގަދަ ކުޅުމަކަށް ފަހު، ސީދާ 3 ސެޓުން މެޗު ކާމިޔާބުކޮށް، މުބާރާތުގެ ތަށި ދިފާޢުކޮށްފައިވަނީ، ވަން އެންޑް އޮންލީ ރީތި ރަށް ރިޒޯޓުގެ ޓީމުންނެވެ.
ޗެމްޕިއަން ޓީމަށް ވާދައިގެ ތައްޓާއި މެޑަލް ހަވާލުކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ.



