ތިލަފުށީގައި ހިންގި ޖޮއިންޓް އޮޕަރޭޝަނެއްގައި 35 ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި

ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން 2026 ޖުލައި 11 ވަނަ ދުވަހު ކ. ތިލަފުށީގައި ހާއްސަ އެންފޯސްމަންޓް އޮޕަރޭޝަނެއް ހިންގައިފިއެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި، އެ މީހުން އަނބުރައި ގައުމަށް ފޮނުވާލުމަށް ހިންގި މި އޮޕަރޭޝަން އަމާޒުކުރީ ތިލަފުށީގެ ސިނާއީ ސަރަހައްދުތަކަށާއި، ވިޔަފާރިކުރާ ތަންތަނުގެ އިތުރުން މީހުން ދަތުރުފަތުރުކުރާ ސަރަހައްދުތަކަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އެގޮތުން، ތިލަފުށީ ފެރީ ޓާމިނަލާއި، ސްޓެލްކޯ ޓީ-ޖެޓީ ސަރަހައްދާއި، އެ ރަށުގެ އެކި ސިނާއީ ޒޯންތައް ހިމެނޭހެން މުހިންމު ސަރަހައްދުތަކެއް ޖޮއިންޓް ޓީމުތަކުން ވަނީ ބަލައި ފާސްކޮށްފައެވެ.

މި އޮޕަރޭޝަނުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ބަންގްލަދޭޝްގެ 31 މީހުންނާއި، އިންޑިއާ 3 މީހުންގެ އިތުރުން ނޭޕާލް މީހެކެވެ.

އެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ސަބަބުތަކުގެ ތެރޭގައި، ވިސާގެ މުއްދަތު ހަމަވެފައިވުމާއި، ހުއްދަ ނެތް ތަންތަނުގައި މަސައްކަތްކުރުމާއި، ވިސާގެ ޝަރުތުތަކާ ހިލާފަށް އަމިއްލައަށް ވިޔަފާރިކޮށް އާމްދަނީ ހޯދުމުގެ އިތުރުން ވޯކް ޕާމިޓް ފީ ދައްކާފައި ނުވުން ހިމެނެއެވެ.

މީގެ އިތުރުން، މަސައްކަތްކުރާ ތަންތަނުން ފިލައިގެން އުޅޭކަމަށް ރިޕޯޓުކޮށްފައިވާ ބައެއް މީހުންނާއި، ތިލަފުށީގައި ގަވާއިދާ ހިލާފަށް ވިޔަފާރި ހިންގާކަމަށް ތުހުމަތުކުރެވޭ ބައެއް މީހުން ވެސް މި އޮޕަރޭޝަނުގައި ވަނީފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

މި އޮޕަރޭޝަނުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު މީހުން މިހާރު ވަނީ އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި އަނބުރާ ގައުމަށް ފޮނުވާލުމުގެ މަރުހަލާތައް ފުރިހަމަކުރުމަށްޓަކައި އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް ހިންގޭ މިފަދަ މަސައްކަތްތަކަކީ މުޖުތަމައުގެ ހަމަޖެހުމާއި، އަމަން އަމާންކަމުގެ އިތުރުން ގައުމުގެ އިގްތިސާދީ ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތްތަކެކެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ކަމާގުޅުންހުރި މުއައްސަސާތަކާ ގުޅިގެން މިފަދަ އެންފޯސްމަންޓް އޮޕަރޭޝަންތައް ސިލްސިލާކޮށް ހިންގަމުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.