ޚަބަރު ފީތާ

މުސްޙަފް މާލްދީފްގެ ފުރަތަމަ ޗާޕު ރަައީސްއަށް އަރުވައިފި

ފޮޓޯ ރައީސް އޮފީސް ސައިޓް

މުސްޙަފް މާލްދީބުގެ ފުރަތަމަ ޗާޕު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް އެރުވީ އެކަމަށްޓަކާ ރައީސް އޮފީހުގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދު ބާޤިރުއެވެ.
މިއީ ދިވެހި ކޮންމެ ރައްޔިތަކަށް ނުސްޙަފެއް ފޯރުކޮށްދިނުމަށް އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ މަޝްރޫޢެކެވެ.
މި މުސްޙަފްގެ ބޭރުގަނޑާއި އެތެރޭގެ ކުރެހުންތަކާއި ލޭއައުޓްތަކުގައި މާލޭގެ ހުކުރު މިސްކިތުގައި ހިމެނޭ އަތްތެރި މަސައްކަތުގެ މަސައްކަތްތައް ފެނިގެންދާނެއެވެ.
މި މަޝްރޫޢު ކުރިއަށް ގެންދިއުމުގައި ދިވެހި ސަރުކާރާއި އަމިއްލަ ބައެއް ކުންފުނިތަކާއި އަމިއްލަ ފަރުދުންގެ އެހީތެރިކަން ވަނީ ލިބިފައެވެ.
ޚާއްޞަގޮތެއްގައި ޖިއްދާގައި ހުންނަ އިސްލާމިކް ކޯޕަރޭޝަން ދަ ޑިވެލޮޕްމެންޓް އޮފް ދަ ޕްރައިވެޓް ސެކްޓަރ ( އައިސީޑީ) އިން ވަރަށްބޮޑު އެހީތެރިކަމެއް ވަނީ ލިބިފައެވެ.

Rate this post