ޚަބަރު ފީތާ

ހއ. ދިއްދޫ ގަބުރުސްތާނުގެ ވަށާ ފާރު ރޭނުމަށާއި ވެލި އެޅުމަށް 3.4 މިލިއަން ރުފިޔާއަށް އެމްޓީސީސީއަށް..

ފޮޓޯ: ހޯމް މިނިސްޓްރީ

ހއ. ދިއްދޫ ގަބުރުސްތާނުގެ ވަށާ ފާރު ރޭނުމަށާއި ވެލި އެޅުމަށް 3.4 މިލިއަން ރުފިޔާއަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އާއި ޙަވާލުކޮށްފިއެވެ.

ހޯމް މިނިސްޓްރީގައި ރަސްމިއްޔާތެއްގައި ސަރުކަރުގެ ފަރާތުން ހޯމް މިނިސްޓަރު އަޒްލީން އަހްމަދު ސޮއި ކުރެއްވި އިރު، އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަދި ސީއީއޯ އިބްރާހިމް ޒިޔަތު އެވެ.

ދެ ފިޔަވެއްސަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫޢުގައި ފުރަތަމަ ފިޔަވަހީގައި ހިމެނެނީ ގަބުރުސްތާނުގެ ވަށާ ފާރު ރޭނުމުގެ މަސައްކަތެވެ. އަދި ދެވަނަ ފިޔަވަހީގައި ހިމެނެނީ ގަބުރުސްތާނަށް ވެލިއަޅާ ފަސްގަނޑު އެއްވަރު ކުރުމެވެ.

ޕީއެސްއައިޕީ ބަޖެޓުން 3.4 މިލިއަން ރުފިޔާ ޚަރަދުކުރާ ގޮތަށް ހިންގާ މިމަޝްރޫއުގައި 61000 އަކަފޫޓްގެ ބިމުގައި ކުރަން ޖެހޭ މަސައްކަތްތައް 150 ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ.

Rate this post