އިލެކްޝަންސް ކޮމިޝަންގެ ވޯޓަރ އެޑިއުކޭޝަން ސްޓްރެޓެޖީއަށް މަޝްވަރާ ހޯދުމުގެ ބައްދަލުވުން ބާއްވައިފި

އިލެކްޝަންސް ކޮމިޝަނުން ރައްޔިތުން ހޭލުންތެރިކޮށް މަޢުލޫމާތު ފޯރުކޮށްދިނުމަށް ބޭނުންވާ ‘ސިވިކް އެންޑް ވޯޓަރ އެޑިއުކޭޝަން ސްޓްރެޓެޖީ’ އެކުލަވާލުމުގެ މަސައްކަތުގެ ތެރެއިން ގުޅުންހުރި ދާއިރާތަކުގެ މަޝްވަރާ ހޯދުމުގެ މަސައްކަތު ބައްދަލުވުން މިއަދު ބާއްވައިފިއެވެ.

މިއަދު ހެނދުނުން ހަވީރަށް ‘ސޯލްޓް ކެފޭ’ ގެ ކޮންފަރެންސް ހޯލްގައި ބޭއްވި މި ސްޓްރެޓެޖީއަކީ 2017 އިން 2019 އަށް އިލެކްޝަންސް ކޮމިޝަނުން ހިންގާ ސިވިކް އެންޑް ވޯޓަރ އެޑިއުކޭޝަން ޕްރޮގްރާމްތަށް ހިންގާނެ ގޮތުގެ ދުރު ރާސްތާ ޕްލޭނެކެވެ.

އިޝްތިހާރު Below Header ad

މި ޕްލޭން ގެ މައިގަނޑު އަމާޒަކީ  ދިވެހިރާއްޖޭގައި ޑިމޮކްރެޓިކް ވެރިކަމުގެ އުސޫލްތަކާއި ގޮތްތައް އަށަގެންނެވުމާއި ޑިމޮކްރެޓިކް ވެރިކަން އެބައެއްގެ ކިބައިން ފެށިގެން އަންނަ ރައްޔިތުންގެ މެދުގައި ޑިމޮކްރަސީގެ އަސާސްތަކާއި މަބްދައުތަކަށް ހޭލުންތެރިކަން އިތުރުކުރުވުމެވެ.

އަދި ވޯޓްލުމާއި އިންތިޚާބުތަކާގުޅޭ ކަންކަމުގައި ރައްޔިތުންގެ މަޢުލޫމާތާއި ހުނަރާއި ސިފަތައް އަށަގެންނެވުމަށް އިލެކްޝަންސް ކޮމިޝަނުން ހިންގާ ސިވިކް އެންޑް ވޯޓަރ އެޑިއުކޭޝަން ޕްރޮގްރާމްތަށް މިހާރަށްވުރެ އިތުރަށް ހަރުދަނާ ކުރުމަށާއި ގުޅުންހުރި އެހެނިހެން ފަރާތްތަކުގެ ބައިވެރިވުން އިތުރު ކުރުމަށާއި ކަނޑައެޅޭ ސްޓްރެޓީޖިކް އަމާޒުތަކަކަށް ބިނާކޮށްގެން ޕްރޮގްރާމްތައް ފޯރުކޮށްދިނުމަށްޓަކާ ކުރިއަށްއޮތްތާނގައި މަސައްކަތް އިންތިޒާމްކުރެވިދާނެ ގޮތްތައް ދެނެގަތުމެވެ.

މިއަދުގެ މަޝްވަރާ ބައްދަލުވުމުގައި ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކާއި ދައުލަތުގެ މިނިވަން މުއައްސަސާ ތަކުން ބައިވެރިވެ، ޚިޔާލާއި މަޝްވަރާ ދީފައިވެއެވެ.

މިއީ ޔޫ.އެން.ޑީ.ޕީ ގެ އައި.ޖީ.ޕީ މަޝްރޫޢުގެ ތެރެއިން އިލެކްޝަންސް ކޮމިޝަނާއި ޔޫ.އެން.ޑީ.ޕީ ގުޅިގެން ކުރިއަށް ގެންދިޔަ ބައްދަލުވުމެކެވެ.

 

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.