ނޭކުރެންދޫ ސްކޫލު ޓީޗަރުންނަށް ފުލުހުންގެ ފަރާތުން ޓީމްބިލްޑިންގ ހަރަކާތެއް ހިންގައިފި

ހދ. ނޭކުރެންދޫ ސްކޫލާއި ޕްރީސްކޫލުގެ ޓީޗަރުންނަށް ހާއްސަކޮށްގެން ޓީމްބިލްޑިންގ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

ނޭކުރެންދޫ ޕޮލިސް ސްޓޭޝަނުގެ ފަރާތުން މި ހަރަކާތް ކުރިއަށް ގެންދެވިފައިވަނީ  އޮކްޓޫބަރު 25 ވަނަ ދުވަހުއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ހަރަކާތަކީ ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުމުގައި ދިމާވާ ގޮންޖެހުންތަކާއި، އެ ކަންކަން ހައްލުކޮށް ރަނގަޅުކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ޓީޗަރުންނާ މަޝްވަރާކޮށް ހޭލުންތެރިކުރުމަށް ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މި ހަރަކާތުގެ ތެރެއިން، ޓީޗަރުންގެ މެދުގައި އެއްބައިވަންތަކަމާއި އެކުވެރިކަން އިތުރުކުރުމަށް އެކި ބާވަތުގެ ކުޅިވަރުތަކާއި، މަޝްވަރާ ސެޝަންތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.މި ހަރަކާތް ނިންމައިލާފައި ވަނީ އަމާން މުޖުތަމައެއް ބިނާކުރުމުގައި ޓީޗަރުންގެ ދައުރާ ގުޅޭ ގޮތުންނާއި، ފުލުހުންނާއި ސްކޫލު ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަމާ މެދު ބައިވެރިންނާއެކު ހިޔާލު ބަދަލުކުރުމަށްފަހުއެވެ. އަދި މިފަދަ ހަރަކާތްތަކަކީ ސްކޫލް މާހައުލުގައި ހަމަޖެހުމާއި ރައްކާތެރިކަން އިތުރުކުރުމަށް ވަރަށް މުހިންމު ކަމެއްކަން ފާހަގަކޮށްފައިވެއެވެ. މިފަދަ އެއްބާރުލުމުގެ ސަބަބުން ދަރިވަރުންގެ ތައުލީމީ ކުރިއެރުމަށް ވެސް ހެޔޮ އަސަރުތަކެއްކުރާނެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.