
އިމާމުންނާއި ޒުވާން ޚަޠީބުން ތާޒާކުރުމުގެ ޕްރޮގްރާމެއް ޏ. ފުވައްމުލަކުގައި ފެށިއްޖެ.
އިމާމުންނާއި ޒުވާން ޚަޠީބުން ތާޒާކުރުމުގެ ޕްރޮގްރާމެއް ޏ. ފުވައްމުލަކުގައި ފެށިއްޖެއެވެ.
އިސްލާމީ ކަންތައްތަކާއިބެހޭ ވުޒާރާއިން މަޢުލޫމާތު ދީފައިވާ ގޮތުގައި، މިއަދު ފެށުނު މި ޕްރޮގްރާމްގައި 42 ފަރާތަކުން ވަނީ ބައިވެރިވެފަ އެވެ.
އެ ވުޒާރާއިން އިތުރަށް މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ޕްރޮގުރާމްއަކީ ޤުރްއާނާއި، ތަޖުވީދުގެ ޢިލްމާއި، ތަފްސީރު، އަދި ފިޤުހާއި، ޙަދީޘާއި، އަޤީދާގެ ޢިލްމުގެ ދާއިރާއިން އިމާމަކަށް ބޭނުންވާ މުހިއްމު ޢިލްމީ ކަންކަން އުނގަންނައިދީ، މިސްކިތްތައް ބެލެހެއްޓުމުގެ ގޮތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރެވޭނެ ވަރަށް އިމާމުންގެ ޝަޚްޞިއްޔަތު ބިނާ ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ޕްރޮގުރާމެކެވެ.
އިމާމުން ތަމްރީން ކުރުމާއި އިތުރު ތަމްރީންގެ ފުރުސަތުތައް ހޯދައިދިނުމަކީ ވަރަށް އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތެއް.