
ގުޅިފަޅުގެ ލޭބަރޕާކް ތަރައްޤީ ކުރަން ދެވަނަ ފަހަރަށް ބީލަމަށް ހުޅުވާލައިފި
ގުޅިފަޅުގައި ލޭބަރ ޕާކެއް ތަރައްޤީ ކުރަން ދެވަނަ ފަހަރަށް ބީލަމަށް ހުޅުވާލައިިފިއެވެ.
ގުޅިފަޅުގައި ލޭބަރ ޕާކެއް ތަރައްޤީކުރަން މީގެ ކުރިންވެސް ވަނީ ހުޅުވާލާފައެވެ. އެހެންނަމަވެސް މިކަމަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ ދެވަނަ ފަހަރަށްވެސް ބީލަމަށް ހުޅުވާލީއެވެ.
މިކަމާ ގުޅިގެން ވާހަކަދައްކަމުން ގުޅިފަޅު އިންވެސްޓްމެންޓް (ޖީއައިއެލް) އިން ބުނީ ގުޅިފަޅުގައި ލޭބަރ ޕާކެއް ތަރައްޤީކޮށް ބަލަހައްޓައި ހިންގަން ޝައުގުވެރިވާ ފަރާތްތަކުން އީއޯއައި ހުށަހަޅަން ހުޅުވާލުމުން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އަލުން އެކަމަށް ޝަރުޠު ހަމަވާ ފަރާތްތަކަށް ބީލަމަށް ކުރިމަތި ލުމަށް އެފުރުސަތު ހުޅުވާލީކަމަށެވެ.
ޖީއައިއެލް އިން ބުނީ ރާއްޖޭގެ އިތުރުން ބޭރުގެ ފަރާތްކަށްވެސް މި ބީލަމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
ޖީއައިއެލް އިން ބުނީ ޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީއަކީ 150،000.00 އެމެރިކާ ޑޮލަރުކަމަށާއި ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޙުން ފެށިގެން 168 ދުވަސްކަމަށެވެ.
އަދި ޕަރފޯމަންސް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަން ޖެހޭނީ ލަފާކުރާ އިންވެސްޓްމަންޓް އަގުގެ ފަސް ޕަސެންޓް ކަމަށާއި ބީލަންފޮތްތަކަށް ފައިސާ ބަލައިގަތުން އޮންނާނީ މި މަހުގެ 16 އިން އަންނަ ޑިސެންބަރު މަހުގެ އަށް ވަނަ ދުވަހަށްކަމަށެވެ. މި ޕްރޮޖެކްޓްގެ ބީލަން ހުށަހެޅުން އޮންނާނީ އަންނަ އަހަރުގެ މާޗު ހައެއްގަ ކަމަށްވެސް އެފަރާތުން މައުލޫމާތުދެއެވެ.
ގުޅީފަޅަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންޑިޔާގެ ކުންފުންޏެއް ކަމަށްވާ ގްލޯބަލް ޑިވެލޮޕްމަންޓް ފަންޑް އާ ހަވާލުކޮށްގެން ހިއްކި ރަށަކަށްވާއިރު އެ ރަށުގައި އަޅާ ފްލެޓްތައް އެޅުމުގެ މަސައްކަތް ނުނިމި ލަސްވުމާއިއެކު މަޝްރޫއު ކުރިއަށް ނުގެންދެވިގެން ސަރުކާރުވަނީ ރަށް އަނބުރާ އެރައް ސަރުކާރުގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.



