އިނގިރޭސިވިލާތަށް ދިވެހިން ދިއުމަށް ވިސާ ލިބުމުގައި އެއްވެސް ދައްޗެއް ކުރިމަތިނުވާނެ: ޝިއާން

އިނގިރޭސިވިލާތަށް ދިވެހިން ދިއުމަށް ވިސާ ލިބުމުގައި އެއްވެސް ދައްޗެއް ކުރިމަތިނުވާނެކަމަށް ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވަވާފައި ހުންނަވާ ސަފީރު އަޙްމަދު ޝިއާން ވިދާޅުވެއްޖެއެވެ.

ލަންޑަނުގައި ބޭއްވި ޑަބްލިއުޓީއެމްގެ ފެއާރގެ ތެރެއިން މީޑިއާއަށް މަޢުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ އެ ޤައުމުން ވިސާ ދޫކުރަނީ ރާއްޖެއާ ދެމެދުވެފައިވާ ބައިލެޓްރަލް ގުޅުމުގެ ސަބަބުން ކަމަށާއި ކޮމަންވެލްތުން ރާއްޖެ ވަކިވިނަމަވެސް، އިނގިރޭސިވިލާތުން ރާއްޖެއަށް ދެމުން އަންނަ އޮންއެރައިވަލް ވިސާ ކުރިއެކޭވެސް އެއްގޮތަށް އެއްވެސް ދައްޗެއް ނެތި ލިބޭނެ ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އަދި ފަތުރުވެރިން ރާއްޖެ އައުމުގައި ބަލަނީ ރާއްޖޭގެ ރީތިކަމާއި އަގުތަކާއި މާޙައުލަށާއި އަމާން ކަމަށް ކަމަށާއި ރާއްޖެއަކީ ކޮމަންވެލްތް ޤައުމެއްތޯ ނުވަތަ ނޫންތޯ ނޫން ނުބަލާ ކަމަށެވެ.

އިނގިރޭސިވިލާތުގެ ގިނަ މީހުންނަށް ކޮމަންވެލްތްގެ މާބޮޑެތި މަޢުލޫމާތުތަކެއް ނުވެސް އެނގޭނެ ކަމަށާއި ކޮމަންވެލްތުން ރާއްޖެ ވަކިވިޔަސް ދުނިޔެއާ އެކަހެރިވުމަކީ މި ސަރުކާރުގެ ވިސްނުމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ސަރުކާރުގެ ވިސްނުމަކީ ރާއްޖޭގެ ރިސޯސްތައް އެންމެ ރަނގަޅަށް ބޭނުން ހިފޭނެ ގޮތްތަކަކަށް ޢަމަލުކުރުމަށް ކަމަށާއި ކޮމަންވެލްތްގައި ރާއްޖެ ތިބީ ބޮޑު ފީއެއް ދައްކައިގެން ކަމަށްވާ އިރު، އެ ޚަރަދާއި އެއްވަރަށް ކޮމަންވެލްތުން ރާއްޖެއަށް ޚިދުމަތްތަކެއް ލިބިގެން ނުދިޔަކަމަށްވެސް ސަފީރު އަޙްމަދު ޝިއާން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.