ޚަބަރު ފީތާ

ހީކުރާ ގޮތާއި ކަމުގެ ހަޤީޤަތް (6)

 

ހީކުރާ ގޮތް ކަމުގެ ހަޤީޤަތް
ވެރިކަމާއިގެން އުޅޭ ކޮންމެ މީހަކީ އެކަމަށް ޤާބިލް މީހެކެވެ. ވެރިކަމާއިގެން ގިނަފަހަރަށް އުޅޭމީހުންނަކީ ވެރިކަން ކުރަން ޤާބިލް މީހުންނެއްނޫނެވެ. އެހެންކަމުން ވެރިކަމާއިގެން އުޅޭ ގިނަމީހުންނަށް ވެރިކަމެއް ނުލިބެއެވެ.
މަންމަނު މީހާކަށް ވެރިކަމެއް ނުކުރެވޭނެއެވެ. ޤާނޫނީ ގޮތުން ތަންދޭނަމަ މަންމަނު މީހަކަށްވެސް ވެރިކަން ކުރެވިދާނެއެވެ. އެހެނަސް އޭނާ ވެރިކަން ކުރާއިރު ދިމާވާ މައްސަލަ ހައްލުކުރާނެ އިތުރު ބަޔަކު ބޭނުންވާނެއެވެ.
ޤައުމަށްޓަކައި އިނދެގެން އުޅޭ އަނބިމީހާ ވަރިކޮށްފައި ނަމަވެސް ވެރިކަމާއި ހަވާލުވާނީ ޤައުމަށް އޮތް ލޯތްބެއްގެ ސަބަބުންނެވެ. އަނބިމީހާ ދެކެ ނުވާ ލޯތްބެއް ޤައުމުގެ ވެރިކަން ދެކެވާނަމަ އެވަނީ ދަހިވެތި ހީލަތްތެރި ލޯތްބެކެވެ.
ވެރިކަން އެއްފަހަރުކޮށްފައި ހުންނަ މީހަކަށް އެކަމާ ދުރުގައެއް ނުހުރެވޭނެއެވެ. ވެރިކަން އިހްލާސްތެރިކަމާއި އެކު ކޮށްފައި ހުންނަ މީހަކަށް ވެރިކަމާއި ދުރުގައި ހުރެވިދާނެއެވެ. އެހެނަސް މަކަރާއި ހީލަތުން އެކަން ކޮށްފައި ހުންނަމީހާއަށް ވެރިކަމާއި ދުރުގައި ހުރުން ވާނީ ވަރަށް ދަތި އުނދަގޫ ކަމަކަށެވެ. އަބަދުވެސް ކޮންމެވެސް ހީލަތެއް ހަދައިގެން ވެރިކަން އަތުވޭތޯ މަސައްކަތްކުރާނެއެވެ.
އެއްޕާޓީއިން އަނެއްޕާޓީއަށް ބަދަލުވާ ޕާޓީ ލީޑަރުންނަކީ ސިޔާސީ މައިދާނުގައި އެންމެ ކާމިޔާބު މީހުންނެވެ. ފުޓްބޯޅަ ޓީމުން ކުޅުންތެރިން ބަދަލުވާހެން ސިޔާސީ ލީޑަރުން ބަދަލުވާނަމަ އޭނާ އެ ބަދަލުވަނީ ފައިސާގެ ދަހިވެތިކަމުގައެވެ. އެއީ ކާމިޔާބު ލީޑަރުންނެއް ނޫނެވެ.
ވެރިކަން ކޮށްފައިވާމީހާ އާއި ޕާޓީ ހިންގުން ހަވާލު ކުރުމަކީ ޕާޓީއަށް ލިބޭ ކުރިއެރުމެކެވެ. ޕާޓީ ހިންގަން ހުދުމުހުތާރު ކޮށް ކޮށްފައިވާ ވެރިއަކަށް ހަވާލުކުރުމަކީ މުޅިޕާޓީ ވެސް ހުދުމުހުތާރު ވެރިކަމަކަށް ބަދަލުކޮށްލާނެ ކަމެކެވެ. އޭނާގެ ހުދުމުހުތާރު ކަމުގެ ދަލުގައި ގިނަބަޔަކު ޖައްސާ ވާވައްދާނެ ކަމެކެވެ.
Rate this post