ކީރިތި ޤުރުއާން ތިލާވަތުކޮށް އެއަށް ޢަމަލު ނުކުރުމުގެ ސަބަބުން އަހަރެމެން ވަނީ ދީނާ ދުރުވެފަ! : ހުކުރު ޚުތުބާ

މިއަދު އަހަރެމެންނަށް ވަނީ ކީރިތި ޤުރުއާން ކިޔަވައި ތިލާވަތު ކުރުމާއި، އެފޮތަށް ޢަމަލުކުރުން އުނދަގޫ ކަމަކަށްވެފައި ކަމަށާއި، އެކަމުގެ ސަބަބުން އަހަރެމެން ވަނީ ދީނާއި ދުރުވެފައި ކަމުގައި މިއަދުގެ ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ. އަދި ޣައިރު މުސްލިމުންގެ ކުރިމަތީގައިވެސް އެކަމުގެ ސަބަބުން އަހަރެމެން ވަނީ ނިކަމެތި ވެފައި ކަމުގައިވެސް ޚުތުބާގައި ވިދާޅުވިއެވެ. އިސްރާ ސޫރަތުގެ 88 ވަނަ އާޔަތުން މިކަމަށް ދަލީލު ގެންނެވުމަށްފަހު ޚުތުބާގައި ވިދާޅުވީ، ކީރިތި ޤުރުއާނަކީ މުސްލިމުންގެ ހިތާއި ފުރާނައާއި ޟަމީރުގެ ކާނާ ކަމުގައެވެ. އަދި ޤުރުއާނަކީ ބަލިތަކަށްވާ ޝިފާއެއް ކަމުގައެވެ. އިސްރާ ސޫރަތުގެ88 ވަނަ އާޔަތުގެ މާނައިގައިވަނީ ”އަދި ރަސޫލާ ވިދާޅުވިއެވެ. އޭ އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، ތިމަންއަޅާގެ ޤައުމުގެ މީހުން މި ޤުރުއާނަކީ އެއްކިބާކޮށްލާފައިވާ އެއްޗެއް ކަމުގައި ހަދައިފޫއެވެ.“ މިފަދައިންނެވެ.

މީގެ އިތުރުން މިއަދުގެ ޚުޠުބާގައިވަނީ، ކީރިތި ޤުރުއާން ކިޔެވުމާއި އެއަށް ޢަމަލުކުރުމަކީ އަހަރުމެންގެ މައްޗަށް ވާޖިބު ކަމަކަށް ވީހިނދު، ޤުރުއާނުން މީހާ ޒީނަތްތެރިވުމަކީވެސް ވާޖިބު ކަމެއް ކަމުގައެވެ. އެގޮތުން ތިމާގެ އެތެރެފުށާއި ބޭރުފުށުގެ ޠާހިރުކަމަކީ އެންމެ ފުރަތަމަ ޒީނަތް ކަމުގައެވެ. ޠާހިރުވެގެންވާ މީހުން މެނުވީ އެފޮތުގައި ނުބީހޭނެ ކަމަށާއި އެއީ ޢާލަމްތަކުގެ ވެރި ރަސްކަލާނގެ ޙަޟްރަތުން ބާވައިލެއްވި ފޮތެއްކަމުގައި ކީރިތު ޤުރުއާނުން މިކަމަށް ދަލީލު ގެންނަވައި ވިދާޅުވެފައިވެއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ދެވަނަ ޒީނަތެއްގެ ގޮތުގައި ޚުޠުބާގައި ވިދާޅުވެފައިވަނީ، މާތް ﷲއަށް ބިރުވެތިވުމުގައި ތިމާގެ ނަފުސު ޒީނަތްތެރި ކުރުމެވެ. އަދި ތިންވަނަ ޒީނަތަކީ އެފޮތުގައިވާ އެންމެހައި ކަމެއް ތެދުކުރުން ކަމަށާއި، ﷲގެ އެއްކައުވަންތަކަން ޤަބޫލުކޮށް، އީމާންކަމާއި އިސްލާމްކަމުގެ ރުކުންތައް ތެދުކޮށް ޤްބޫލުކުރާނަމަ، ތިމާގެ ޢަމަލާއި ބަސް ދިމާވާން ޖެހޭނެ ކަމުގައިވެސް ޚުޠުބާގައި ވިދާޅުވިއެވެ.

ޤުރުއާނުން ޒީނަތްތެރި ވުމުގެ ހަތަރުވަނަ ޒީނަތަކީ މަޑުމައިތިރި ވުމާއި ކެތްތެރިވުން ކަމަށާއި، އެކަމާއި ބެހޭ ގޮތުން ޤުރުއާނުގައި އެތައް އާޔަތެއް ބާވައިލައްވާފައި ވުމުން އެނގެނީ އެކަމުގެ މުހިއްމުކަން ކަމަށާއި، ކެތްތެރިވުމުގެ ފޭރާމުން ފޭރާން އެޅުމަކީ، ކީރިތި ޤުރުއާން ޤަބޫލުކުރާ ކޮންމެ މީހަކު ކުރަން ޖެހޭނެ ކަމެއް ކަން ޚުޠުބާގައި ވަނީ ފާހަގަކުރައްވާފައެވެ.

ކީރިތި ޤުރުއާނުގެ އަޚުލާޤުން ޒީނަތްތެރިވުމަކީ އެކަމުގެ ސަބަބުން ގިނަގުނަ ދަރުމައާއި ޘަވާބު ލިބޭނެ ކަމެއް ކަމަށާއި، އަދި އެއީ ދެދުނިޔޭގެ ބާއްޖަވެރިކަން ވެސް ލިބޭނެ ކަމެއް ކަމުގައި ޚުޠުބާގައި ވިދާޅުވިއެވެ. އަދި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޚުލްޤުފުޅާއިމެދު އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ އާއި ސުވާލު ދެންނެވުނު ހިނދު އެކަމަނާ ވިދާޅުވި ބަސްފުޅު ޚުޠުބާގައި ވަނީ ފާހަގަ ކުރައްވާފައެވެ. އެކަމަނާ ވިދާޅުވި ބަސްފުޅަކީ، ”އެކަލޭގެފާނުގެ ޚުލްޤުފުޅަކީ ކީރިތި ޤުރުއާނެވެ.“ މިއެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.