ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބާއްވަމުން އަންނަ އެސްޓީއޯ ހޯމް އިމްޕްރޫވްމެންޓް ބަށި މުބާރާތް މި އަހަރުވެސް އޮންނާނެ ކަމަށް އެސްޓީއޯއިން ބުނެފިއެވެ.
އެސްޓީއޯ އިންބުނީ މިއަހަރުގެ މުބާރާތް އޮންނާނީ ނޮވެމްބަރ މަހުގެ 20 ވަނަ ދުވަހުން ފެށިގެން މާފަންނު ސްޓޭޑިއަމް ވޮލީބޯލް ކޯޓުގައި ކަމަށެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އަންނަ އޮކްޓޯބަރ މަހުގެ 1 ވަނަ ދުވަހުން ފެށިގެން 31 އޮކްޓޯބަރގެ ނިޔަލަށް އޮންނާނެ ކަމަށާއި ބައިވެރިވުމަށް އެދޭ ފޯމާއި މުބާރާތުގެ ޤަވާޢިދު އެސްޓީއޯގެ ވެބްސައިޓުންނާއި އެސްޓީއޯ ހޯމް އިމްޕްރޫވްމެންޓު އަދި ނެޝަނަލް ބަށިބޯލް އެސޯސިއޭޝަނުން ލިބެން ހުންނާނެ ކަމަށްވެސް އެސްޓީއޯއިން ބުންޏެވެ.
މިއަހަރުވެސް މުބާރާތުގެ ޗެމްޕިއަން ޓީމަށް 100,000/- (އެއްލައްކަ ރުފިޔާ) ގެ އަގުހުރި އިނާމް ހުށަހަޅާފައިވާ އިރު، ދެވަނަ ޓީމަށް 50,000/- (ފަންސާސްހާސް ރުފިޔާ)، ތިންވަނަ ޓީމަށް – 25,000/- (ފަންސަވީސްހާސް ރުފިޔާ) ދިނުމަށް ވަނީ ނިންމާފައެވެ.
އަދި ފެއަރޕްލޭ ޓީމަށް 10,000/- (ދިހަހާސް ރުފިޔާ) ގެ އަގުހުރި އިނާމް ހުށަހަޅާފައިވާ އިރު، މުބާރާތުގެ އެކިއެކި ވަނަތައް ހޮވާ އިނާމު ދިނުމަށްވެސް ވަނީ ނިންމާފައެވެ.
ފައިބެއަހަރުގެ މުބާރާތުގައި 21 ޓީމެއް ވަނީ ބައިވެރިވެފައެވެ.