އެންޓި-ޑިފެކްޝަން ބިލު ތަސްދީގު ކުރައްވައިފި

އެންޓި ޑިފެކްޝަން ބިލު ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ތަސްދީޤު ކުރައްވައިފި އެވެ.

މި ބިލަކީ މި މަހުގެ އެއްވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ 20 ވަނަ ޖަލްސާގައި ފާސްކުރި ބިލެކެވެ.

އިޝްތިހާރު Below Header ad

މަޖިލީހަށް އެންޓި-ޑިފެކްޝަން ބިލް ހުށަހެޅުއްވީ ބާރަށު ދާއިރާގެ އެމްޑީޕީ މެންބަރު އަހުމަދު އަބްދުﷲ އެވެ. އެ ބިލު ފާސްކުރީ 33 މެމްބަރުންގެ ވޯޓާއެކު އެވެ.

އެންޓި ޑިފެކްޝަން ބިލު މަޖިލީހަށް ފުރަތަމަ ހުށަހެޅިއިރު 3 ވަނަ މާއްދާގެ އަރިމަތީ ސުރުހީގައި ބަޔާންކޮށްފައިވަނީ، “ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭނެ ހާލަތްތައް” މިހެންނެވެ. އެހެންނަމަވެސް ކޮމިޓީން ބިލު އިސްލާހުކުރިއިރު މިހާރު ބަޔާންކޮށްފައިވަނީ، “ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން އިސްތިއުފާ ދޭންޖެހޭ ހާލަތްތައް” ކަމަށެވެ.

މަޖިލީހުން ފާސްކުރި ބިލުގެ 3 ވަނަ މާއްދާގައި ބުނެފައިވަނީ، އެ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތްތަކުންކުރެ ހާލަތެއް މެދުވެރިވެއްޖެނަމަ، ލަސްވެގެން 7 ދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނުން އެކަން ރައްޔިތުންގެ މަޖިލީހަށް އަންގަންވާނެ ކަމަށެވެ. އަދި އިސީން އެކަން މަޖިލީހަށް އަންގާ ދުވަހުން ފެށިގެން އެ މީހަކު މެންބަރުކަމުން އިސްތިއުފާ ދޭންވާނެ ކަމަށެވެ. މީގެއިތުރުން މެންބަރު މަގާމުގައި ބަހައްޓަން ފެނޭތޯ ނުވަތަ ނުފެނޭތޯ، ރިކޯލް ވޯޓު ނެގުމުގެ ބާބެއް މި ބިލު ހުށަހެޅިއިރު ހިމަނާފައިވީ ނަމަވެސް ކޮމިޓީ މަރުހަލާގައި އެ ބާބު އެއްކޮށް ވަނީ އުނިކޮށްފަ އެވެ.

މި ބިލުގައި ވަނީ ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ މެންބަރުންގެ ގޮނޑި ގެއްލޭނެ ހާލަތްތައް ވެސް ބަޔާންކޮށްފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.