މަޖިލިސް އިންތިޚާބުގައި ވާދަކުރުމަށް އެމްޑީޕީގެ ކެންޑިޑޭޓުން ފޯމް ހުށަހަޅައިފި

20 ވަނަ ރައްޔިތުންގެ މަޖިލީހަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ފަރާތުން ވާދަ ކުރައްވާ ކެންޑިޑޭޓުން، އިންތިޚާބަށް ކުރިމަތިލުމަށް އެދި އެޕްލިކޭޝަން ފޯމު މިއަދު ހުށަހަޅުއްވައިފިއެވެ.

އެމްޑީޕީ މެމްބަރުން ފޯމު ހުށައެޅުމަށް ދަރުބާރުގެއަށް ވަޑައިގެންނެވުމަށްފަހު ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން ފައްޔާޒް ވިދާޅުވީ ޕާޓީގެ ފަރާތުން މިފަހަރު ވާދަކުރާނީ 89 ދާއިރާއަކަށް ކަމަށެވެ. އަދި ސަރުކާރު ޖަވާބުދާރީކުރުވުމަށް މަޖިލީހުގެ ރަނގަޅު މެޖޯރިޓީއެއް ހޯދުމަށް ރައްޔިތުންގެ ތާއީދު ޕާޓީއަށް ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

އިޝްތިހާރު Navee1 jpg

މަޖިލިސް އިންތިޚާބުގެ ހުރިހާ ދާއިރާއަކަށް ކުރިމަތިލާނެކަމަށް އެމްޑީޕީންވަނީ މީގެކުރިން ހާމަކޮށްފައެވެ. އެހެންނަމަވެސް، އެމްޑީޕީ މަޖިލިސް ޕްރައިމަރީއަށް ކުރިމަތިލުމުގެ ވަގުތު ހަމަވިއިރު، 4 ދާއިރާއަކަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައެއް ނުވެއެވެ. މީގެ ކުރިން އެމްޑީޕީން ބުނީ މި 4 ދާއިރާއަށް ޕްރައިމަރީއަށްފަހު ގޮތެއް ނިންމާނެކަމަށެވެ.

އިޝްތިހާރު

މިއާއެކު 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާނީ ސަރުކާރު ތަމްސީލު ކުރާ ޕީޕީއެމް/ ޕީއެންސީންނެވެ. އެޕާޓީން ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގެ 90 ދާއިރާއަކުން ވާދަކުރާނެއެވެ.

މަޖިލިސް އިންތިޚާބުގައި ވާދަކުރުމަށް ފޯމު ހުށައެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ މިދިޔަ ޖެނުއަރީ މަހުގެ 30ވަނަ ދުވަހުއެވެ. މިމުއްދަތު އަންނަ ބުދަ ދުވަހުގެ 2 ޖަހާއިރު ހަމަވާނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވާފައިވަނީ އަންނަ މާރޗްމަހުގެ 17 ވަނަ ދުވަހުއެވެ. ނަމަވެސް، ރަމަޟާންމަހު އިންތިޚާބެއް އޮންނަ ނަމަ، އެ އިންތިޚާބެއް ބޭއްވޭނީ ރަމަޟާންމަސް ނިމި 10 ދުވަސްފަހުން ކަމަށް ބުނެ އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނަށް ގެނައި އިސްލާހު މަޖިލީހުންވަނީ ފާސްކޮށްފައެވެ. މިއިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވައިފިނަމަ އިންތިޚާބު ބާއްވާ ތާރީޚު ބަދަލުވާނެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.