ޕްރައިމަރީއަކާ ނުލައި އެމްޑީޕީން މޭޔަރުކަމުގެ ޓިކެޓް އާޒިމަށް

މާލެ ސިޓީ ކައުންސިލްގެ ހުސްވެފައިވާ މޭޔަރުކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ވާދަކުރުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލާފައިވަނީ އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް އެކަނިކަމަށްވުމުން ޕްރައިމެރީއަކާއިނުލާ އޭނާއަށް ޕާޓީ ޓިކެޓް ޙަވާާލުކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލްގައި ހުސްވެފައިވާ މަޤާމްތަކަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރުމުގެ ޝައުޤުވެރިކަންފާޅު ކުރުމަށް ހުޅުވާލީ ހުސްވި ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.

އިޝްތިހާރު Below Header ad

މާލޭގެ މޭޔަރުކަމުގެ މަގާމުގެ އިތުރުން މާލޭ ސިޓީ ކައުންސިލުގައި މިހާރު ހުސްވެެފައިވާ ދާއިރާތައް ކަމަށްވާ، މެދު ހެންވޭރު ދާއިރާ، ހެންވޭރު ދެކުނު ދާއިރާ އަދި މާފަންނު ދެކުނު ދާއިރާއަށް އެ ޕާޓީގެ ޓިކެޓުގައި ވާދަކުރުމުގެ ފުރުސަތު ވެސް އެމްޑީޕީން ހުޅުވާލިއެވެ.

މި މުއްދަތު ޑިސެމްބަރުމަހުގެ އެއްވަނަ ދުވަހަށް ހަމަވިއިރު މިއިން ކޮންމެ ދާއިރާއަކަށްވެސް ކުރިމަތިލާފައިވަނީ އެންމެ ބޭފުޅެކެވެ.

އެމްޑީޕީގެ ޕްރަައިމަރީގައި ވާދަކުރަން ހުށަހެޅުއްވި ބޭފުޅުން:

* މާލޭގެ މޭޔަރު ކަމަށް ވާދަކުރަން: އާދަމް އާޒިމް /ސީނުކަރަންކާގެ، މާލެ
* މެދު ހެންވޭރު ދާއިރާ: އަޙްމަދު ރިޝްވާން ރަޝީދު /ހ. ވޭމައުތު، މާލެ
* ހެންވޭރު ދެކުނު ދާއިރާ: ޙައްވާ ނިޙްލާ/ ހ. ތަރަބޫޒުގެ، މާލެ
* މާފަންނު ދެކުނު ދާއިރާ: އަޙްމަދު ޢިމްރާން/ މ. ފަޅުމަތީގެ، މާލެ

މި ގޮނޑިތަކަށް މެންބަރުން އިންތިޚާބު ކުުރުމަށް ބާއްވާ ބައި އިލެކްޝަން އޮންނާނީ އަންނަ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހުއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.