ޙަޔާތުން ދުވަހެއް

ހެނދުނުގެ ހިއްގައިމުވަގުތެވެ. އާދައިގެމަތިން އަހަރެން ނިކުތީ ފިނިބުރެއް ޖަހާލަންށެވެ.
ހަފުތާ ބަންދު ދުވަހެއް ނޫންކަމުން މަގުމަތީގައި ބަލާލި ކޮންމެ ދިމާލަކުންވެސް ފެންނަނީ ސްކޫލު ކުދިން އެކުދިންގެ މަންމަ ނުވަތަ ބައްޕަ އާއި އެކު ސައިކަލުގައި ނުވަތަ ހިގާފައި ދާ މަންޒަރެވެ. އަހަރެންވެސް ޗާންދަނީ މަގުން ލާފައި ގޮސް ސަލްޓަން ޕާކް ކައިރިން، ކުރީގެ ސީ.އެޗް.އެސް.ސީ އާއި އަމީނިއްޔާ ސްކޫލު ހުރި ދިމާލަށް މަގުގެ އަނެއްފަޅިން ސަލްޓަންޕާކާއި ދިމާލަށް މަޑުމަޑުން ހިގައިފައި ދިޔައީ މެވެ .

ރަސްރަނި ބަގީޗާ ނުވަތަ ކުރީގައި ނަމަ ސަލްޓަން ޕާކަކީ ތަފާތު ގިނަ ގަސްތަކުން ޒީނަތްތެރި ކުރެވިފައިވާ ބަގީޗާއެކެވެ.
ވިއްސާރަ ދުވަސްކޮޅަކަށް ވުމުން މާހައުލުގެ ތެތްފިނިކަން އިޙްސާސް ކުރެވުނެވެ. ނަމަވެސް ކުއްލިއަކަށް ޖެހުނު ވައި ރޯޅިއެއްފަދައިން މަޑު މަޑު ކުރެކި އަޑަކަށް ފަހު ކުރިމައްޗަށް ވެއްޓުނީ ސަލްޓަން ޕާކް އެތެރެއިން ވާގޮތަށް ހައްދާފައިވާ ނިކަ ގަހުގެ ބޮޑު ގޮފިގަނޑެކެވެ. ބޮޑު އަނިޔާއެއްނުލިބި ސަލާމަތްވީ ހަމަ ކިރިޔާއެވެ. الحمد لله އޭ ކިޔުނު އަދަދެއްވެސް ނޭގުނެވެ.

އިޝްތިހާރު Below Header ad

hayaathun dhuvaheh gofigandu jpg e1701165632554

ސުވާލަކީ މިއީ ކުޑަކުއްޖަކަށް ދިމާވި ކަމެއްނަމަ ވާނީ ކިހިނެއްބާއެވެ؟ މަގުމައްޗަށް ވާގޮތައް ހެދިފައިވާ ގަސްތައް ކޮށައި ބަލަހައްޓަނީ ކިހާ ދުވަހަކުންބާއެވެ؟ މިއީ ކޮންފަރާތަކުން ވިސްނަންޖެހޭނެ ކަމެއްތޯ އެވެ؟ މަގުމަތީގައި ހިނގާބިނގާ އުޅޭ ބައެއްގެ މައްސަލައެއް ތޯއެވެ ؟ އަހަރެންނަށް އަނިޔާއެއް ލިބުނުތޯ ނުވަތަ ނޫންތޯ، އެތަނުން ސައިކަލެއްގައި ދިޔަ ބޭބެއެއް ކައިރިއަށް އައިސް ބަލާލިއެވެ. އަދި ހަމަ އެއާއި އެކު އަހަރެން ތަންކޮޅަކަށް ދިޔަފަހުން އެތަނަށް އައި ދެ ފުލުހުން މަޑުކޮށްލުމަށް ފަހު ގަހުގެ ވެއްޓިފައިވާ ގޮފިތައް އެއްކައިރި ކޮއްލުމަށް ފަހު އެތަނުން ދިޔައީއެވެ.

މިފަދަ ޢާއްމު އިޖްތިމާޢީ، އަދި ޚާއްސަކޮށް ފަރުދުންގެ ރައްކާތެރިކަމާއި ގުޅިފައިވާ ކަންކަމަކީ، ކަމާބެހޭ ފަރާތްތަކުން ވަރަށް ވެސް ފަރުވާތެރިކަމާއިއެކު ޒިންމާ އުފުލަން ޖެހޭ ކަންކަމެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.