މަލީހު ޕީޕީއެމްއިން ސަސްޕެންޑުކޮށް މައްސަލަ ސުލޫކީ ކޮމެޓީއަށް

ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވި ކަމަށް ބުނެ ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ޕީޕީއެމްގެ ހަރަކާތްތަކުން ސަސްޕެންޑުކޮށް އޭނާގެ މައްސަލަ އެ ޕާޓީގެ ސުލޫކީ ކޮމިޓީއިން ބަލަން ފަށައިފިއެވެ.

ޕީޕީއެމްގެ ދެ ނައިބު ރައީސުން ކަމަށްވާ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމާއި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ސޮއިކުރައްވައި ސުލޫކީ ކޮމިޓީ އަށް ފޮނުއްވި ސިޓީއެއްގައި ވަނީ ޕީޕީއެމް ސެނެޓަރެއްގެ މަގާމުގައި ހުންނަވައި ޕާޓީ ބަދުނާމް ކުރައްވައި ޕާޓީ ބައިބައި ކުރެއްވުމުގެ މަސައްކަތްތަކެއް މަލީހް އިސްކޮށް ހުންނަވައިގެން ކުރައްވަމުން ގެންދަވާ ކަން ޕާޓީގެ ލީޑަޝިޕަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އިޝްތިހާރު Below Header ad

އެގޮތުން ޕާޓީގެ ލީޑަޝިޕް އަދި ސެނެޓަށް އެނގުމެއް ނެތި އަމިއްލައަށް ކޮމިޓީތައް އުފައްދަވައި ޕާޓީގެ އަސާސީ ގަވައިދާ ހިލާފަށް ޕާޓީގެ ލީޑަޝިޕް ނުވަތަ ސެނެޓްގެ އެއްވެސް މަޝްވަރާއެއް ހޯދުމެއް ނެތި ޕާޓީގެ ނަމުގައި ޕްރެސް ކޮންފަރެންސް ބާއްވަވައި އެ ޕްރެސް ކޮންފަރެންސް ލީޑް ކުރައްވައި އަދި ޕާޓީގެ އަސާސްތަކާ ހިލާފަށް ޕާޓީ ބަދުނާމްކޮށް ބައިބައި ކުރުމުގެ މަސައްކަތެއް މަލީޙް ކުރައްވާފައިވާ ކަމަށް ވެސް ދެ ބޭފުޅުންގެ ސިޓީގައިވެއެވެ.

މަލީހުގެ މައްސަލަ ބެލުމަށް ވަނީ ޕާޓީގެ އަސާސީ ގަވައިދުގެ އަށް ވަނަ މާއްދާ އިން ލީޑަޝިޕަށް ލިބިގެންވާ ބާރުގެ ދަށުން އޭނާ ޕާޓީގެ ހަރަކާތްތަކުން ސަސްޕެންޑްކޮށް އޭނާގެ މައްސަލަ ޕާޓީގެ ސުލޫކީ ކޮމިޓީ އަށް ފޮނުވިފައިވާފައެވެ.

އެ ސިޓީގައި ވަނީ މިވަގުތުން ފެށިގެން ޕާޓީގެ ސުލޫކީ ކޮމިޓީން ގޮތެއް ނިންމަން ދެން ޕާޓީގެ އެއްވެސް ހަރަކާތެއްގައި މަލީހް ބައިވެރިވެގެން ނުވާނެ ކަން ވެސް އަންގައިފައެވެ.

ރޭ ޕީޕީއެމް އޮފީހުގައި، މަލީހު އިސްވެ ހުންނަވައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކީ އެ ޕާޓީގެ އަސާސީ ގަވާއިދާ މުޅިން ހިލާފު ބައްދަލުވުމެއް ކަމަށް އެޕާޓީން ބުނެއެވެ. އާންމުކޮށް ޕީޕީއެމުން ނޫސްވެރިންނާ ބައްދަލުކުރާނަމަ، އެކަން އެ ޕާޓީގެ މީޑިއާ ގްރޫޕުގައި ހިއްސާކުރެއެވެ. ނަމަވެސް، ރޭގެ ބައްދަލުވުމާ ބެހޭގޮތުން އެފަދަ އެއްވެސް މެސެޖެއް ހިއްސާ ނުކުރެއެވެ.

މަލީހާއި ކުރީގެ ކޮޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް، އައްބާސް އާދިލު ރިޒާ އިސްކޮށް ތިއްބަވައިގެން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތިއްބެވި ބޭފުޅުން އެ ބައްދަލުވުން ފެއްޓެވީ ކޮން ހައިސިއްޔަތަކުންތޯ މިހާތަނަށްވެސް ސާފުވެފައި ނުވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.