
ރެޑްވޭވް ސަލީމް އާއި އެމްޕީ ސުޖާއު ރައީސް ޔާމީން ފެކްޝަނާ ގުޅިވަޑައިގެންފި
ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްއަށް މީގެކުރިން ތާއީދުކޮށްގެން ތިއްބެވި ރައްޔިތުން މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް އާއި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާއު، ރައީސް ޔާމީންއަށް ތާއީދު ކުރައްވަން ނިންމަވައިފި އެވެ.
މީގެ ކުރިން މައުމޫނަށް ތާއީދުކުރައްވައިގެން ތިއްބެވި މަޖިލިސް ދެމެމްބަރުން އަހުމަދު ސަލީމް އާއި އިބްރާހިމް ސުޖާއު، ރައީސް ޔާމީންއަށް ތާއީދުކުރައްވަން ނިންމެވިއިރު، ސުޖާއުއަކީ ރައީސް މައުމޫން ފެކްޝަންގެ ސްޕޯކްސްޕާސަންގެ މަގާމުގައި ހުނެނެވި ބޭފުޅާއެވެ.
ރައީސް ޔާމީނަށް ތާއީދުލުރައްވާ ކަމަށް ވިދާޅުވެ ސުޖާއު ވިދާޅުވީ މިއަދުން ފެށިގެން ސްޕޯކްސްޕާސަން ކަމުން އިސްތިއުފާ ވެސް ދެއްވާނެ ކަމަށާއި ރައީސް ޔާމީން އާއި ޕީޕީއެމްއާއެކު މަސައްކަތްކޮށްގެން އޭނާގެ ކަންބޮޑުވުންތަކަށް ހައްލެއް ލިބޭނެ ކަމަށެވެ.
ރައީސް ޔާމީނަށް ތާއީދުލުރައްވާ ސަލީމް ވިދާޅުވީ އޭނާގެ ދާއިރާގެ ގިނަ ރައްޔިތުންގެ އެދުމަކީ ރައީސް ޔާމީންއާއެކު ކުރިއަށް ދިޔުން ކަމަށާއި އަދި އޭނާގެ ނިންމުން ބަދަލުކުރެއްވީ، ރައްޔިތުން އެކަމަށް އެދޭތީ ކަމަށެވެ.



