އެމްޑީޕީ މެންބަރުން މަޖިލީހުގެ ތަކެއްޗަށް ގެއްލުން ދީފި

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުން ރައީސް މުހައްމަދު ނަޝީދު ވަކިކުރުމުގެ ގަރާރު މިއަދަށް އެޖެންޑާ ކުރުމަށް ފަހު އެ މައްސަލަ މިއަދު ކުރިއަށް ނުގެންދެވޭނެ ކަމަށް އެންގުމުން އެމްޑީޕީގެ މެންބަރުން މަޖިލީހުގެ ތަޅުމުގައި އިހުތިޖާޖުކޮށް، މަޖިލީހުގެ ރިޔާސަތު މޭޒުގައި ހުރި ބައެއް ތަކެއްޗަށް ގެއްލުން ދީފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކުރި ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް އެންގީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ މިއަދުގެ ޖަލްސާއަށް ސަލާމް ފޮނުއްވުމުމުންނެވެ.

އިޝްތިހާރު Below Header ad

ޖަލްސާ ނުބޭއްވޭނެކަން އަމީންއާއްމު ފާތިމަތު ނިއުޝާ އިއުލާނުކުރެއްވުމާ އެކު، އެމްޑީޕީގެ މެންބަރުން ވަނީ މަޖިލިސް ރިޔާސަތު ހުންނަ މޭޒު ކުރިމައްޗަށް އެއްވެ ނުރުހުން ފާޅުކޮށްފަ އެވެ.

މަޖިލީހުގައި އެމްޑީޕީ މެންބަރުން ކުރި އިހުތިޖާޖުގެ ތެރެއިން މަޖިލީހުގެ ރިޔާސަތު މޭޒުގައި ހުރި ބައެއް ތަކެއްޗަށް ވަނީ ގެއްލުން ލިބިފަ އެވެ. އަދި މަޖިލީހުގެ އަމީންއާއްމުގެ ފޯނު ވެއްޓި ފޯނު ވެސް ވަނީ ހަލުކުވެފަ އެވެ.

ދައުރުވަމުންދާ ވީޑިއޯގައި ފެންނަ ގޮތުގައި، އަޑުގަދަ ކުރައްވަމުން އަތް އުއްކަވައި މޮނިޓަރަށް ގެއްލުންދެއްވީ ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމެވެ. މޮނިޓަރުގައި ހިފުމާއެކު އެ ތަނުގައި ހުރި ފެންތަށި ބަންޑުންވާ ތަން ވީޑިއޯއިން ފެނެ އެވެ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.