ސަމާލުވޭ! މަނަދޫ ރަސްމީ ނެރު ބަންދުކޮށްފި!
ނ.މަނަދޫގައި މިހާރު ބޭނުންކުރަމުން އަންނަ ރަސްމީ ނެރު ބަންދުކޮށްފައިވާތީ ސަމާލުވުމަށް މަނަދޫ ކައުންސިލުން އަންގައިފިއެވެ.
މަނަދޫ ކައުންސިލުން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، އެރަށުގައި ރަސްމީކޮށް ބޭނުން ކުރަމުން އައި ނެރު މިހާރު ބަންދުކުރެވިފައިވާ ކަމަށާއި، އެހެންވެ މަނަދޫއަށް ދަތުރުކުރައްވާ ފަރާތްތަކުން އެނެރުގެ ބަދަލުގައި، ބަނދަރުގެ ހުޅަނގުކޮޅުގައި އަލަށް ހެދިފައިވާ ނެރު ބޭނުން ކުރުމަށެވެ.