ޑރ މުއިއްޒުގެ ވެރިކަމެއްގައި ބ އަތޮޅަށް އެއަރޓެކްސީގެ ޚިދުމަތް ފަށަނީ

ޕީޕީއެމް ޕީއެންސީގެ ވެރިކަމެއްގައި ބ އަތޮޅަށް ލޯކަލް ޓޫރިޒަމް ފުޅާކޮށް ފަތުރުވެރިން ގެނައުމަށް އެ އަތޮޅަށް އެއަރޓެކްސީގެ ހިދުމަތް ފަށާނެ ކަމުގައި އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މި މަހު 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފުޅަދޫއަށް ވަޑައިގެން މިއަދު ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ ބ އަތޮޅުގެ ރަށްތަކުގައި ލޯކަލް ޓޫރިޒަމް ފުޅާކުރުމަށް އެ އަތޮޅު ފުޅަދޫއާއި އެ އަތޮޅު ފެހެންދޫ އަދި ގޮއިދޫއަށް އެއާޓެކްސީގެ ހިދުމަތް ފަށާނެކަމަށެވެ.

އިޝްތިހާރު Below Header ad

މީގެ އިތުރުން ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކަށް އެކަން ކުރެވޭނެ މަގު އިގްތިސާދުގެ ތެރެއިން ފަހިކޮށްދިނުމަކީ ޕީޕީއެމް ޕީއެންސީގެ ސަރުކާރެއްގައި އިސްކަންދެއްވާނެ ކަމެއް ކަމަށްވެސް ޑރ މުއިއްޒު ވަނީ ވިދާޅުވެފައެވެ.

އެގޮތުން ފުޅަދޫގައި ޓޫރިޒަމް ދާއިރާއަށް އިންވެސްޓުކޮށް ގެސްޓްހައުސްތައް އިތުރުވަމުން އަންނައިރު އެކަމަށް އެހީތެރިކަން ދީ، އެ ދާއިރާ ކުރިއަށްގެންދިއުމަށް ފަހި ގޮތްތައް ހޯދައިދެއްވާނެ ކަމަށް ޑރ. މުއިއްޒު ވަނީ ވިދާޅުވެފައެވެ.

އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބުވެ، ވެރިކަން ލިބިއްޖެ ނަމަ މިހާރު އެ ސަރަހައްދަށް ކުރިމަތިވެފައިވާ ދަތުރުފަތުރުގެ މައްސަލަ ހައްލުކޮށްދެއްވުމަށް އެ ސަރަހައްދަށް އެއާޓެކްސީ ދަތުރުތައް ފަށައިދެއްވާނެ ކަމާއި ފުޅަދޫގެ ރައްޔިތުންނާ ކުރެވުނު މަޝްވަރާތަކުގެ އެރަށުގެ ފަތުރުވެރިކަމަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ޓްރާންސްޕޯޓު ނުވަތަ ފަތުރުވެރިން އުފުލުމުގައި ދިމާވާ ދަތިތައްކަން އެނގިގައިވާކަމަށް ޑރ މުއިއްޒު ވަނީ ވިދާޅުވެފައެވެ.

އެހެންވީމަ އިރާދަކުރެއްވިއްޔާ އެއާޓެކްސީގަ މަތިން މިތަނަށް (ޓޫރިސްޓުން ގެނެވޭ ގޮތަށް) އެއާ ޓެކްސީގެ ސާވިސް ހަމަޖައްސަދޭނެ ވާހަކަ ދަންނަވަން. ތިބޭފުޅުންގެ އަތްޕުޅުގައި އެހެންވީމަ އޮންނާނީ ޓޫރިޒަމް މިތާ ފުޅާކުރުން.

ޑރ މުހައްމަދު މުއިއްޒު

ޑރ. މުއިއްޒު ވަނީ އެއާޓެކްސީގެ ހިދުމަތް ފެށުމުގެ އިތުރުން، ޓޫރިޒަމް ދާއިރާގެ އިންވެސްޓްމެންޓުތަކަށް ފަހި ފުރުސަތުތައް ހޯދައިދިނުމަށް ވެސް މިއަދު ވައުދުވެލައްވާފައެވެ. އެގޮތުން އެ ދާއިރާގެ ފަރާތްތައް ތަމްރީނުކުރުން ހިމެނެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.