ނޮވެމްބަރުގެ ކުރިން ނިޒާމީ ވޯޓު ނެގުމުގެ ގަރާރު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި

ރާއްޖޭގައި އޮންނަންވީ ވެރިކަމުގެ ނިޒާމާ ގުޅޭގޮތުން އަންނަ ނޮވެމްބަރު މަހުގެ ކުރިން ފެންނަ ނުފެންނަ ވޯޓެއް ނަގަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު، މުޅި މަޖިލީހުގެ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

މިދިޔަ އަންގާރަ ދުވަހު ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު އެ ގަރާރު ހުށަހެޅުއްވީ އިސްލާހަކާއެކުގައެވެ. އެއީ ނޮވެމްބަރު 30ގެ ކުރިން ވޯޓު ނެގުމަށް ގަރާރުގައި އޮތް ނަމަވެސް، އޮކްޓޯބަރު 30އަށް ތާރީޚު ބަދަލު ކުރުމަށް ހުށަހެޅި އިސްލާހެކެވެ.

އިޝްތިހާރު Heyobas Ruqya Course Ad square

އިލްޔާސް ހުށަހެޅި އިސްލާހުގައިވަނީ “30 އޮކްޓޯބަރުގެ ކުރިން ރާއްޖޭގައި އޮންނަންވީ ވެރިކަމުގެ ނިޒާމާމެދު ރައްޔިތުންގެ ޚިޔާލު ހޯދަން އާންމު ވޯޓަކަށް ދާން މަޖިލީހުން ނިންމައި، އެކަމުގެ އިންތިޒާމު ހަމަޖައްސައި އިލެކްޝަންސް ކޮމިޝަންގައި އެދުމަށް މަޖިލީހުން އިގްރާރުވާކަމަށް” ބަދަލުކުރުމަށެވެ.

ކޮމިޓީގައި ބައިވެރިވި 29 މެމްބަރުންވަނީ އެ ގާރާރާ ގުޅޭގޮތުން ބަހުސްކުރައްވައިިފައެވެ. އަދި އިލްޔާސް ހުށަހެޅުއްވި އިސްލާހަށް 29 މެމްބަރުން ވަނީ ތާއީދުކުރައްވައިފައެވެ.

އެ ގަރާރަށް ކޮމިޓީގައި ވޯޓަށް އެހިއިރު ހާޒިރުވެތިބި 34 މެންބަރުންގެ ތެރެއިން 31 މެންބަރުން ވަނީ އިލްޔާސްގެ އިސްލާހާއެކު ގަރާރު ފާސްކުރަން ތާއިދުކޮށްފައެވެ.

އެއާއެކު މުޅި މަޖިލީހުގެ ކޮމިޓީ ނިންމައި، މަޖިލީހުގެ ޖަލްސާއައިގެން ކުރިއަށް ދިއުމަށް ރިޔާސަތުގައި އިންނެވި ރައީސް މުޙައްމަދު ނަޝީދުވަނީ ނިންމަވައިފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.